ކުކިން ސޯސްއެއް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މަނާ ކޮށްފި

Loading

Facebook
Twitter
WhatsApp

މާސްޓާ ފުޑްސްގެ ކްރީމީ ޗިކަން އެންޑް މަޝްރޫމް ސޯސް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މަނާ ކޮށްފިއެވެ.


މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މާސް އޮސްޓްރޭލިއާ ޕޓވ ލޓޑ އިން ތައްޔާރު ކޮށްފައިވާ އެ ސޯސްގެ އެކުލެވިގެންވާ ތަކެތީގެ ތެރޭގައި ބިސް ހިމެނޭ ކަމަށާއި ނަމަވެސް މި އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައި ނުވާތީ އެ އުފެއްދުން ބާޒާރުން ނެގުމަށް އެކުންފުނިން އަންގާފައިވާ ކަމަށެވެ.

އަދި އެލާޖަންގެ މައުލޫމާތު ލޭބަލުގައި ހިމަނާފައި ނުވުމަކީ މި އުފެއްދުން ބޭނުން ކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެފަރާތުން ފާހަގަކޮށްފައިވާކަމަށް ވެސް އެ އޮތޯރިޓީ އިން ބުނެފައިވެއެވެ.

އެހެންކަމުން އެ އުފެއްދުން ބާޒާރުން ނަގަން އަންގާފައިވާއިރު އެ އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް އަންގާފައިވާ ކަމަށް އެމްއެފްޑީއޭ އިން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން އެމްއެފްޑީއޭއިން ބުނީ އެކަމާއި ބެހޭ އިތުރު މައުލޫމާތު 3014361 އާއި 7603204 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް