ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.

އިސްތިއުފާދެއްވާ ފަނޑިޔާރު ސުއޫދު، ރައީސްއަށް ޑރ.މުހައްމަދު މުޢިއްޒުއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާއެކު، ރައީސް މުއިއްޒުގެ ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއާ ހިލާފަށް އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީވެސް އެ މައްސަލަ ހުއްޓުވުމުގެ ގޮތުން ކަމަށް ފަނޑިޔާރު ސުއޫދު ވަނީ ތުހުމަތު ކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލިހުން ބިލެއް ފާސްކޮށް، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ މައްސަލަ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމަން ގާނޫނުއަސާސީ އާ ހިލާފަށް ސުޕްރީމް ކޯޓަށް ރައީސް މުޢިއްޒު ގެންދަވަނީ ނުފޫޒު ފޯރުވަމުން ކަމަށްވެސް ފަނޑިޔާރު ސުއޫދު ވަނީ ތުހުމަތު ކުރައްވާފައެވެ.

އެހެންކަމުން އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފައިވާ ކަމަށް ސުއޫދުގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

Loading

3 Responses

  1. މިއަދުންފެށިގެން ސަރުކާރުން ފަނޑިޔާރުގެއަށް އަތްބޭނުން ނިމުނީ. ރައީސް މުޢިއްޒު ހުވާކުތުމަށްފަހު މާތްﷲ ގަންދީ ހުވާ ކޮށް ރައްޔަތުންނަށް ވި ވަޢުދުތަކުގެ ތެރެއިން.
    މަ ހަމަކޮށް ވެއްޖެ!

Leave a Reply

ފަހުގެ އަޕްޑޭޓް