ހަރު ފުރައިގެ އަންހެނަކާ ޒުވާން ފިރިހެނަކު އެއްދުވަހަކު ޕާންފިހާތަނަކަށް ވަނެވެ.އެތަނުގެ އެތެރޭންދުވާ، އަލަށް ފިހެވެމުންދާ ޕާނާއި ބަނަސް އަދި ކޭކުގެ ވަހުން ބަނޑު ފުރިއަރާހާވެއެވެ.
ދެމީހުން އެތަނުގަ ހުރި ތަކެތި ބަލަމުން ދިޔައިރު ޒުވާނާ ދެފަރާތްބަލާލުމަށްފަހު މީހަކު ބަލަން ނެތްކަން ޔަގީން ކޮށްފައި ވަށިގަނޑަކުން ތިން ކަޕްކޭކް ނަގާޖީބަށް ލިއެވެ.އަދި އެއްޗެކޭ ހިތަށްވެސް ނާރާ އަންހެންމީހާއާ ދިމާލަށް ބުންޏެވެ.އަހަރެން ވަރަށް ހުށިޔާރު ދޯއެވެ.ވެރިމީހާޔަށް އަންގާވެސް ނުލާ އަހަރެން ތިން ކަޕްކޭކް ނަގައިފީމެވެ.
މުސްކުޅި އަންހެންމީހާ ބޯހޫރާލިއެވެ.އަދި ޒާތަކަށް ހީލަމުން ބުންޏެވެ.ތިޔައީ ކުޅަދާނަކަމެއް ނޫނެވެ.ތިޔައީ ސީދާ ވައްކަމެވެ.އަހަރެން ކަލެޔަށް ކުޅަދާނަކަން ދައްކާލަން ހެއްޔެވެ؟
މިހެން ބުނުމަށްފަހު އަންހެންމީހާ ބޭކަރީގެ ވެރިމީހާގާތަށް ގޮސް ވާހަކަ ދައްކަން ފެށުމުން ޒުވާނާ ބަލަހައްޓައިގެން ހުއްޓެވެ.
އަންހެންމީހާ ދިޔަގޮތަށްގޮސް ވަރަށް ރީތިކޮން ހީލުމަށްފަހު މެނޭޖަރު ކައިރީ ބުންޏެވެ.އަހަރެން ޖާދޫ އެއްހަދާލަން ބޭނުމެވެ.މިހެން ބުނުމުން މެނޭޖަރު ބުންޏެވެ.އެންމެ ރަގަޅެވެ.ތިޔަ ދައްކަން ބޭނުން ޖާދޫ އެއް ނިކަން ދައްކާލަބަލާށެވެ.
އަންހެންމީހާ އެވަގުތު ބުންޏެވެ.މިތަނުން ތާޒާ ކަޕްކޭކެއް ލިބިދާނެހެއްޔެވެ.މިހެންބުނުމުން މެނޭޖަރު މަޑުމަޑުން ކަޕްކޭކެއް ނަގާފައި ދިނެވެ.އަންހެންމީހާއެޔަށް ރީތިކޮން ބަލާލުމަށްފަހު ކޭކު ކާލިއެވެ.އަދި ބުންޏެވެ.ވަރަށް މީރެވެ. އިރުކޮޅަކުން އަނެއްކާ އަތް ދިއްކޮށްލިއެވެ.އަދި އެކަތި ލިބިދާނެ ހެއްޔެވެ.މެނޭޖަރު ކުޑަކޮށް ހައިރާންވެފައި ދެވަނަ ކޭކެއްވެސް ދީފިއެވެ.އޭތިވެސް އަންހެންމީހާކާލީއެވެ.އަދި ވަރަށް ހަމަޖެހިލާފަހުރެ ބުންޏެވެ.އަދިވެސް އެކަތި ލިބިދާނެ ހެއްޔެވެ.މެނޭޖަރު ތިންވަނަ ކަޕްކޭކެއްވެސް ދިނެވެ.އަންހެންމީހާ ހެވިފަ ހުރެގެން އެ ކޭކުވެސް ކާލީއެވެ.
މިހާހަމަޔަށް އައިއިރު މެނޭޖަރު ބޯކަހަން ފަށައިފިއެވެ.އަދި ބުންޏެވެ. މިތަނުގެ ކޭކު ވަރަށް މީރުދޯއެވެ.އެކަމަކު ތިޔަހެދި ޖާދޫ އަކީ ކޮބާހެއްޔެވެ. މިހެން ބުނުމުން އަންހެންމީހާ އަނގަމަތި ފޮހެލުމަށްފަހު ބަނޑުގަ އަތް ހާކާލަމުން ބުންޏެވެ.އެހެރަ ޒުވާނާގެ ޖީބު ޗެކްކޮށްލަބަލާށެވެ.
މިހެން ބުނުމަށްފަހު އޭނަ ބޭކަރީން ނިކުމެގެން ހިނގައްޖެއެވެ.