އަހަރެންގެ ރަހުމަތްތެރިއަކު އުމުރުން އެންމެ 45 އަހަރުގައި ކުއްލިބައްޔެއް ވުމަށްފަހު ހަފްތާއެއްހާ ދުވަހުގެތެރޭގައި މަރުވިއެވެ.އޭނާގެ މަރާއެކު ފްރެންޑްސް ގްރޫޕަށް މެސެޖެއް ލާފައިވެއެވެ.ކުއްލިމަރާއެކު އަހަރުމެންނާއި ވަކިވެދިއުމުން ހިތާމަކުރާކަމަށް ބުނެފައެވެ.އެނިމުނީއެވެ.
އޭނާ މަރުވި ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުން އޭނާގެ ހަނދާންތައް ފިލާނުދެއެވެ. އޭނާ އަބަދުވެސް ބުނާނެއެވެ. އަހަރެން ނެތިއްޔާ އަހަރެންގެ ގޭގެ ކަންތައް މުޅިން ހުއްޓުމަކަށް އަންނާނެއެވެ.އަހަރެންގެ ފިރިމީހާއަށް އަމިއްލަޔަށް ކޮފީތައްޓެއްވެސް ހަދާނުލެވޭނެއެވެ. އޭނާގެ މުސްކުޅި މަންމައާއި ބައްޕަގެ ކަންތައް ބެލެހެއްޓުމާއި ކުދިންގެ ކިޔެވުމުގެ ކަންތަކާއި ބާޒާރުކޮށް،ކައްކާ ކާންދިނުމާއި،ތިމާގެ މީހުންނާއި އޮންނަ ގުޅުންތައް ދެމެހެއްޓުމާއި ،ފިރިމީހާއަށް ރަށުގައި ނުހުރެވޭތީ ގޭތެރޭގެ މަރާމާތުގެ ކަންތައް ބެލެހެއްޓުމާއި މިހެންގޮސް ހުރިހާ ކަމެކެވެ.
އެއްދުވަހަކު މައިދައިތަ ބަލިވެއުޅޭތީ އަހަރުމެންގެ ސްކޫލް ރިޔޫނިއަން އަކަށް އޭނާއަކަށް ނާދެވުނެވެ.
ގޭތެރޭގެ މަރާމާތުގެ މަސައްކަތެއް ކުރިޔަށްދާތީ ބޭބެގެ ދަރިފުޅުގެ ކައިވެނި ޕާޓީ އަށް ނުދެވިފަ ހުންނަން ޖެހުނެވެ. ކުދިންގެ އިމްތިހާނު އަންނާތީ އެކަމަށް ތައްޔާރުވާންޖެހޭތީ އޭނާދާންބޭނުން އެތައް ތަނަކަށް ނުގޮސް ހުންނަން ޖެހޭކަމަށް ބުނެއެވެ.މި ހުރިހާ ކަމެއް ކުރަނީ ހަމަ ކުރާހިތުންނެވެ.ބަދަލުގައި އޭނާ ބޭނުންވީ ހަމައެކަނި ޝުކުރުގެ ނުވަތަ ތައުރީފުގެ ބަހެކެވެ.
ރަހުމަތްތެރިޔާގެ ފިކުރުގައި ހުރެ އޭނާގެ ފިރިމީހާއަށް އެއްދުވަހަކު ގުޅާލީމެވެ.އިރުގަނޑަކު ފޯނު ރިންގ ވީއިރުވެސް އޭނާއަކަށް ނުނެގުނެވެ. އެކަމަކު ގަޑިއެއްހާއިރު ފަހުން އަނބުރާ ގުޅާލިއެވެ. އަހަރެން ބުނީމެވެ. އަންހެނުންގެ ވަކިވެދިއުމަށްފަހު ގޭތެރޭގެ ކަންތައްތައް ކިހިނެއްތޯ ބަލާލަން ގުޅާލީއެވެ.
މިހެން ބުނުމުން އޭނާ ބުންޏެވެ.ކަންތައްތައް ވަރަށް ބަރާބަރެވެ.ކުރިން ވަޒީފާގައި ދަތުރު ކުރަން ޖެހުނު ނަމަވެސް މިހާރު ދާން ނުޖެހޭގޮތަށް ބަދަލުވެއްޖައިމެވެ.ކޮންމެ ދުވަހަކުވެސް އެއްގަޑިއިރު ޓެނިސް ކުޅޭކަމަށް ބުންޏެވެ.އައު މީހުންނާއި ބައްދަލްވެ ހެދުމަށެވެ.ގެޔަށް ކައްކާ މީހަކު ގެނައި ކަމަށް ބުންޏެވެ. މުސާރަޔަށް ވުރެ އިތުރު އެއްޗެއް ދިނުމުން ކައްކާމީހާ ބާޒާރުވެސް ކޮށްދޭ ކަމަށް ބުންޏެވެ.މުސްކުޅި މަންމައާއި ބައްޕަ ބަލަންވެސް ފުލްޓައިމް ކޮށް މީހުން ގެނެސްފަ އެބަ ތިބި ކަމަށް ބުންޏެވެ.ކުދިންގެ ކަންތައްވެސް ރަގަޅަށް ކުރިޔަށް ދާކަމަށް ބުންޏެވެ.
އަހަރެންގެ ރަހުމަތްތެރިޔާގެ މަތިން ހަނދާންވެ ދެލޮލުން ކަރުނަ އައެވެ.އޭނާ ލައްވާ އެހާ ވަރަށް ގަނަނުތަޅުވާ އެ ދުވަހު މިކަންތައްތައް މިގޮތަށް ނުކުރެވެންވީ ކީއްވެގެންތޯ އަހަރެން ހިތަށް އެރިއެވެ. މިއަދު އަހަރެން އޭނާކައިރީ އެތައް ވާހަކައެއް ބުނެލަން ބޭނުން ވެއެވެ. މި ދުނިޔޭގައި އެމީހަކު ނެތުމުން ދުނިޔެ ހުއްޓުމަކަށް އަންނާނެ ހަމަ އެންމެ މީހަކުވެސް ނުހުންނާނެއެވެ.ކޮންމެ މީހަކު ނެތުނަސް އެމީހެއްގެ ބަދަލުގައި އެހެން މީހުން ތިބޭނެއެވެ.ދުނިޔެ ކުރިޔަށް ދާނެއެވެ.
އަހަރުމެން ވިސްނަންވީ އަމިއްލަ ނަފްސަށް ވަގުތު ދިނުމަށެވެ.“އަހަރެންގެ“ ވަގުތު ހޯދުމަށެވެ.އަމިއްލަޔަށް ކުރާހިއްވާ ކަންތައްތައްވެސް ކުރަންޖެހޭނެއެވެ. އާއިލާޔަށް ނަމަވެސް އެހެން ބަޔަކަށްޓަކާ އެކަންތައް ގުރުބާން ކޮށް ނުލާށެވެ.އާއިލާ އަށް އުފާވެރިކަން ގެނެސްދެވޭނީ ފުރަތަމަ ތިމާވެސް އުފަލުގަ ހުރެގެންނެވެ.އެ އުފާވެރިކަން އެހެން މީހެއްގެ ފުށުން ލިބޭނެ ކަމަށް ހީނުކުރާށެވެ.
ގޭތެރޭގެ މަސައްކަތުގައި އަބަދު ތާށިވެފަ ތިބޭ އަންހެނުން ވިސްނަންވީ ކަމަކީ ތިބާގެ ބޭނުން އެހެން މީހުންނަށް އޮންނަ ފަދައިން ތިބާގެ އަމިއްލަ އުފާތައް ފުރިހަމަ ކުރުމަށް ތިބާގެ އަމިއްލަ އެހީ މާމުހިންމުކަމެވެ.