އެމެރިކާއިން ޗައިނާއަށް ލަނޑުދޭން އުޅެގެން ލަނޑު ލިބުނީ އެމެރިކާއަށް

Loading

Facebook
Twitter
WhatsApp

ޓްރަމްޕް ހިތުހުރި ގޮތަކަށް ހިތުހުރި ގައުމަކާ ދެކޮޅަށް ޓެރިފް ނުވަތަ ޓެކްސް އިއުލާން ކުރަމުންދާއިރު، އެގައުމުތަކުން ކަމެއްނުކޮށް ބަލަހައްޓައިގެން ތިބޭނެ ކަމަށް ޓްރަމްޕް ހީކުރުމަކީ މޮޔަ ވިސްނުމެކެވެ.


ޗައިނާއާއި ދެކޮޅަށް ޓްރަމްޕް އިއުލާންކުރި ޓެކްސް ފިޔަވަޅުތަކާއި ގުޅިގެން ޗައިނާއިން ވަރުގަދަ ރައްދެއްދީ އެންމެން އާޝޯޚު ކޮށްލައިފިއެވެ.އެގައުމުން ފުރަތަމަވެސް އެޅިފިޔަވަޅަކީ އެމެރިކާއިން އިންޕޯޓް ކުރާގޮތަށް އޮތް 690ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓް ނުކުރާ ގޮތަށް ނިންމުމެވެ.މިއީ އެމެރިކާއިން އަހަރަކު އެކްސްޕޯޓް ކުރާ މުދަލުގެ ބޮޑު މިންވަރެކެވެ. އެހެން ކަމުން މިފިޔަވަޅުގެ ސަބަބުން އެމެރިކާގެ ވިޔަފާރި ހުއްޓުން އަރާގޮތް ވެފައި ވެއެވެ. އަދި މިއީ މުޅި އިމްޕޯޓް އެކްސްޕޯޓް ދުނިޔެއަށްވެސް ލޮޅުން އަރައިގެން ދާނެ ކަމެކެވެ.
މިހާ ބޮޑު އިމްޕޯޓް އޯޑަރެއް ކެންސަލް ކުރުމުން އެކަމުގެ ވަށައިގެންވާ ގިނަބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ.ޗައިނާގެ މިފިޔަވަޅުގެ ސަބަބުން މުޅިދުނިޔޭގެ އިގްތިސާދަށް ވެސް ޝޮކްވޭވްތައް އަރައިގެންދިޔައެވެ.އައި ބައިނަލްއަޤްވާމީ ޓްރޭޑް ރިލޭޝަންޝް އަށްބޮޑެތި
ބަދަލުތަކެއް ގެނުވާނެއެވެ. މުޅި ދުނިޔޭގެ ސްޓޮކް މާކެޓްތައް ވަގުތުން ރިއެކްޓް ކޮށްފައި ވެއެވެ.އަތުވެދާނެ ލޮޅުމަކަށް އިންވެސްޓަރުން ވަގުތުން ތައްޔާރުވާން ފެށިއެވެ.
މިފަދަ ބޮޑު ކެންސަލް ވުމެއް އިއުލާންކުރުމުން އަސަރު ކުރާނީ ހަމައެކަނި ޗައިނާއަދި އެމެރިކާގެ އިގްތިސާދަކަށް ނޫނެވެ. މުޅި ދުނިޔެއަށްވެސް އެކަމުގެ އަސަރު ކުރާނެއެވެ.
އެމެރިކާއިން ޗައިނާއަށް ލަނޑުދޭން އުޅެގެން ލަނޑުލިބުނީ އެމެރިކާއަށެވެ. ޗައިނާއިން ޖަހާލި ވިދުވަރެއްހެން އެޅި ދެވަނަ ރައްދު ފިޔަވަޅަކީ އެމެރިކާގެ ”ލިކުއިފައިޑް ނެޗުރަލް ގޭސް“ އަދި ކޯލް އަށް 15 އިންސައްތައިގެ ޓެކްސް އެއް އިއުލާން ކުރުމެވެ.މިއީ ރަޝިޔާގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް އެމެރިކާ އިން ގަންނާނެ ކަމަށް ބެލި ލިކުއިފައިޑް ނެޗުރަލް ގޭސް އަދި ކޯލް އެވެ.
ޗައިނާގެ ރައްދު ފިޔަވަޅާއިގުޅިގެން ވައިޓް ހައުސް ހާސްކަމަށް ގެނުވި އެވެ.އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯރޫބިއޯ ވިދާޅުވީ ޗައިނާގެ ފިޔަވަޅަކީ ”ފެއާ“ ނުވަތަ އިންސާފުވެރި ފިޔަވަޅެއް ނޫން ކަމުގައެވެ.އަދި ދަތިކުރުމުގެ ފިޔަވަޅުއަޅާނެ ކަމަށް ބުނެ ބިރު ދެއްކިއެވެ.
ހެއްވާ ކަމެއް ނޫންހެއްޔެވެ. އެމެރިކާއިން ގަބޫލުކުރަނީ ދަތިކުރުމުގެ ފިޔަވަޅު އެޅެނީ އެގަމަށް އެކަނި ކަމަށް ހެއްޔެވެ.އެހެން ގައުމަކުން،އަމިއްލަ ދިފާއިގައިވެސް ރައްދު ދީފިނަމަ އެފިޔަވަޅެއް މިވަނީ ”އަންފެއާ“ ފިޔަވަޅަކަށެވެ.
އެމެރިކާ ޗައިނާ ކޯޅުމުގައި އަސްލު ޑްރާމާ އަދި މިފެށެނީއެވެ.އެމެރިކާއިން ޓެޅިފޮޅެން ފަށާފައިވާއިރު ޗައިނާއިން އަނެއްކާވެސް ގޮތެއް ހަދާލައިފިއެވެ.މިފަހަރު އެމެރިކާގެ ތެޔޮ އަދި އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް އަށް ޓެކްސް އިއުލާން ކުރިއެވެ.ޗައިނާއިން ހުސް އަނގައެއް ނުތަޅައެވެ.ހަމަ އެކަނި އަމަލުން ދައްކާލަނީއެވެ.
އެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން އެޅި މައިގަޑު ފިޔަވަޅު އަދި އޮތީއެވެ.އެއީ ”ރެއާ އާތު މެޓަލްސް“ ނުވަތަ ބިންކޮނެގެން ނަގާ އެހާ އާންމުނޫން މައުދަން ތަކަށް އެކްސްޕޯޓް ކޮންޓްރޯލެއް އިއުލާން ކުރުމެވެ.މިއީ އެމެރިކާގެ ޓެކް އިންޑަސްޓްރީ އަށް ސީރިއަސް ލޮޅުމެއް ގެނުވާނެ ކަމަކަށް ވާނެއެވެ. އެމެރިކާގެ ޓެކްނޮލޮޖީ ސެކްޓަރަށް ބޭނުންވާ ކޮމްޕޯނަންޓް ނުވަތަ ބައިތައް އަގުހެޔޮކޮން ލިބުމުގެ މަގު ބަންދުވީއެވެ.
ޗައިނާ އިން މިހާވަރުންވެސް ހުއްޓާލީކީ ނޫނެވެ. އެމެރިކާގެ ބޮޑު، ޓެކް ކުންފުންޏެއް އިތުބާރު ނުކުރެވޭ ފަރާތްތަކުގެ ލިސްޓަށް ލިއެވެ.އަދި އެންޑްރޮއިން އާއި ކްރޯމް އާއި ދެކޮޅަށް ”އެންޓައި ޓްރަސްޓް“ ތަހުގީގްތައް ފެށިއެވެ.
ހާސްވެ ކަންބޮޑުވެގެން ޓްރަމްޕް ”އާރޖަންޓްކޮށް“ ޝީ ޖިން ޕިންގ އާއި ބައްދަލް ކުރުމަށް އެދުނެވެ. ނަމަވެސް ބޭޖިންގ ގެ ޖަވާބަކަށްވީ އައިސްގަޑެއްފަދަ ފިނި ހިމޭން ކަމެކެވެ.
ޗައިނާ އިން މިގޮތަށް ހިމޭން، ފިނި ޖަވާބެއް ދިނުމުގެ މާނައަކީ ދެންވެސް އަޅަން ޖެހިދާނެ ފިޔަވަޅަކަށް ޗައިނާއިން އޮތީ ތައްޔާރަށް ކަމެވެ.
ގިނަ އަހަރުތަކެއް ވަންދެން އެމެރިކާއިން އައީ ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.ނަމަވެސް މިއަދު ޗައިނާއަކީ މީގެ ވިހި އަހަރު ކުރީގެ ޗައިނާއެއް ނޫނެވެ. ޗައިނާ އޮތީ ތައްޔާރަށެވެ. މިހާރުގެ ސުވާލަކީ ޗައިނާއިން މިއެޅި ފިޔަވަޅުތަކަކީ އެމެރިކާއަށް ބަރުދާސްތު ކުރެވޭނެ ވަރުގެ ފިޔަވަޅު ތަކަކަށް ވާނެތޯ އުފެދޭ ސުވާލެވެ.
ޗައިނާއާއި އެކުއެކީ އެމެރިކާއިން ކެނެޑާ އަށްވެސް ޓެރިފް އިއުލާން ކުރިއެވެ. ނަމަވެސް ކެނެޑާއިންވެސް ވަނީ އެމެރިކާ ގެ އުފެއްދުންތަކަށް ޓެކްސް އިއުލާންކޮށް ރައްދު ދީފައެވެ.
އެމެރިކާ އިން ޓެރިފްގެ ފިޔަވަޅު މިއަޅަނީ ހަމަ އަޖައިގެއް ކަހަލަ ގޮތަކަށެވެ. ޖެނޮސައިޑް ނުވަތަ ނަސްލެއް ނައްތާލުމަށް ރަހުމެއްނެތް ޖަރީމާތައް ހިންގާތީ ދެކުނު އެފްރިކާއިން މިދިޔަ އަހަރު އިޒްރޭލާ ދެކޮޅަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް އޮފް ޖަސްޓިސް އަށް މައްސަލަ އެއް ވެއްދިއެވެ. އޭގެ ބަދަލުގައި އެމެރިކާއިން ދެކުނު އެފްރިކާއަށް ވެސް ޓެރިފް އިއުލާން ކުރިއެވެ. ދެކުނު އެފްރިކާއަކީ އެމެރިކާއާއި މާދުރުގައި އޮތް ވިޔަފާރީގެ ގޮތުން މާބޮޑު ގުޅުމެއް ނެތް ގައުމަކަށް ވިއަސް އެވެ.
ފަލަސްތީނުގެ ގޮތެއް ނެތިފައިތިބި ރައްޔިތުންގެ ބޯމައްޗަށް ބޮންއަޅާ 46،700 ރައްޔިތުން މަރާލި އިޒްރޭލާ ދެކޮޅަކަށް ޓްރަމްޕް،ޓެރިފް އިއުލާނެއް ނުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް