އެމެރިކާގެ ރައީސްކަމާ ދެވަނަ ފަހަރަށް ހަވާލުވެވަޑައިގެންނެވުމަށްހު ޑޮނަލްޑް ޓްރަމްޕް،އެތަނުގެ އިމިގްރޭޝަން ޕޮލިސީއަށް ގެންނެވި ބަދަލުގެ ދަށުން،1،445،549 މީހުން އެމެރިކާއިން އަނބުރާ ފޮނުވާލެއްވުމަށް ވަނީ ނިންމަވާފައެވެ.މީގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ އަށް ނިސްބަތްވާ 3،065މީހުން ހިމެނެއެވެ. މި އެންމެންނަކީ ގަވާއިދުން އެމެރިކާގެ ރައްޔިތުންނަށް ބަދަލުނުވެ އެތަނުގައި ދިރިއުޅެމުން ގެންދާ މީހުން ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނެފައި ވެއެވެ. އަދި މިއީ ޤާނޫނީ ކުށެއްކަމަށް ބުނެފައި ވެއެވެ.
މިގޮތަށް ފާހަގަ ކޮށްފައިވާ އެންމެން އަނބުރާ ފޮނުވާލުމުގެ ކަންތައް ބާރަށް ކުރިޔަށް ގެންދިޔަ ނަމަވެސް އެމެރިކާގެ ރައްޔިތަކަށް ނުވެތިބި އެންމެން ވަގުތުން ފޮނުވައެއްވެސް ނުލެވޭނެކަމަށް އިދާރާތަކުން އެއްބަސް ވެފައިވެއެވެ.ސަބަބަކީ ގާނޫނީ އަދި ލޮގިސްޓިކަލް މައްސަލަތައްވެސް ހުރުމުންނެވެ. ބައެއްފަރާތްތަކުން އެސައިލަމް ގާނުނު ތަކުން ހިމާޔަތް ހޯދަން މަސައްކަތް ކުރާއިރު ،“ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ“، ނުވަތަ އަނިޔާ ލިބޭ މީހުންނަށް ހިމާޔަތްލިބިދޭ މުއާހަދާ އަށް ފެތޭ މައްސަލަތައްވެސް ބައިވަރު އެބަހުރި ކަމަށް ހަބަރުތައް ބުނެއެވެ.
މީގެ އިތުރުން މީހުން ފޮނުވާލެވޭ ގައުމުތަކުން އެއްބާރުލުން ނުދޭތީވެސް މަސައްކަތް ލަސްވަމުންދާކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.
އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އިދާރާ ނުވަތަ އައި.ސީ.އީ ގެފަރާތުން ބޭނުންވަނީ މީހުން ފޮނުވޭ ގައުމުތަކުން އެމީހުންގެ ނެޝަނަލިޓީ ކަށަވަރުކޮށްދީ ،ޓްރްވެލް ޑޮކިއުމަންޓް ހަދާދީ އަދި ފްލައިޓް ޚަރަދުގައި ހިފުމަށެވެ.ނަމަވެސް މިކަމުގައި ގައުމުތަކުން އެއްބާރުލުން ނުދޭކަމަށް ވެއެވެ. އެއްބާރުލުން ނުދޭކަމަށް މިވަގުތު ފާހަގަ ކޮށްފައިވާ 15 ގައުމުގެތެރޭގައި ބޫޓާން،މިޔަންމާ،ކިއުބާ،ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ،އެރިޓްރިއާ،އިތިއޯޕިއާ،ހޮންގކޮންގ،އިންޑިޔާ،އީރާން،ލާއޯސް، ޕާކިސްތާން ،ޗައިނާ ރަޝިޔާ ސޮމާލިޔާ އަދި ވެނެޒުއެލާ ހިމެނެއެވެ.