ޓްރަމްޕް މިފަހަރު ފުރަތަމަ ބައްދަލު ކުރައްވާ ބޭރުގެ ލީޑަރަކީ ނަތަންޔާހޫ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ރައީސްކަމުގެ ދެވަނަ ދައުރުގައި ފުރަތަމަ ބައްދަލް ކުރައްވާ ބޭރުގެ ލީޑަރަކީ އިސްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ކަމަށް ނިންމަވައިފިއެވެ.މި ބައްދަލު ކުރެއްވުމަށްޓަކައި ފެބްރުއަރީ 4 ވަނަ ދުވަހު ވައިޓްހައުސް އަށް ވަޑައިގެންނެވުމަށް ނަޔަންޔާހޫ އަށް ވަނީ ޓްރަމްޕް ދައުވަތު ދެއްވާފައެވެ.މިކަން ވަނީ ނަތަންޔާހޫގެ އޮފީހުންވެސް ޔަގީން ކޮށްދީފައެވެ.


ނަތަންޔާހޫ ދާދިފަހުން ވަނީ ޕްރޮސްޓްރޭޓް ސާޖަރީ ހައްދަވާފައެވެ.އަދިވެސް އެކަމުން މުޅިން ގަދަ ވެފައިނުވިނަމަވެސް މިދަތުރުފުޅު ކުރައްވާނެކަން ވަނީ ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައެވެ. އެހެން ކަމުން
ނަތަންޔާހޫގެ މިދަތުރުފުޅު ވެގެންދާނީ އިޒްރޭލާއި އެމެރިކާގެ ގާތްގުޅުން ހާމަވާ، އިޒްރޭލަށް އެމެރިކާ ކުރާ ސަޕޯޓާއި ދޭ އެއްބާރުލުން ފެނިގެންދާނެ ދަތުރު ފުޅަކަށެވެ.
ހަމާސް ޖަމާއަތުން ހިފަހައްޓާފައި އިޒްރޭލުގެ ހޮސްޓެޖުން މިނިވަން ކުރުމާއި ބެހޭ އެއްބަސް ވުމަކަށް މިމަހުވަނީ އަމަލު ކުރަން ފަށާފައެވެ. ހޮސްޓެޖުން ދޫކުރުމާބެހޭ އެއްބަސް ވުމުގެ ދެވަނަ ބަޔާބެހޭ ގޮތުން މަޝްވަރާކުރުމަށް ރައީސް ޓްރަމްޕް ގެ މެދުއިރުމައްޗާއިބެހޭ މަންދޫބު ސްޓީވް ވިޓްކޯފް ބުދަދުވަހު ޖެރޫސަލަމް އަށް ވަޑައިގަންނަވާނެ ކަމަށްވެސް ޖެރޫސަލަމް ޕޯސްޓާއި ހަވާލާދީ ލިބޭ ހަބަރުތައް ބުނެއެވެ.
ހަމާސް ޖަމާއަތުން ހިފެހެއްޓި ހޮސްޓެޖުންގެ ތެރެއިން މިހާތަނަށް ދޫނުކޮށްތިބި 64 ހޮސްޓެޖުން ގެ ތެރެއިން ދުނިޔޭގައި ތިބި އެންމެން ދެވަނަ ފޭސްގެ ދަށުން މިނިވަން ކުރަން ޖެހޭނެއެވެ.މީގެ ތެރެއިން ބައެއްމީހުން މަރުވެފައިވާ ކަން މީގެ ކުރިން ވަނީ ޔަގީން ކުރެވިފައެވެ.
ހޮސްޓެޖުން މިނިވަން ކުރުމުގެ ކަންތައް ކުރިޔަށް ދިޔަނަމަވެސް ނަތަންޔާހޫ ކުރިންވަނީ ޣައްޒާ ހަނގުރާމަ ނިމި ހަމާސްޖަމާއަތަށް ބާރުލިބޭނެ ފަދަ އެއްވެސް ޑީލް އަކާ އިޒްރޭލުން ދެކޮޅު ކަމުގައި ވިދާޅުވެފައެވެ.
ޣައްޒާގެ ރައްޔިތުން މިސްރަށާއި ޖޯޑްން އަށް ބަދަލުކޮށް، ޣައްޒާގެ ބިން ހުސްކުރަން ބޭނުން ކަމަށް ޓްރަމްޕް ދާދި ފަހުން ވިދާޅުވެފައިވާތީ ނަތަންޔާހޫ ހުންނެވީ އެކަމުގެ އުންމީދުގައި ކަމަށް ހަބަރުތައް ބުނެއެވެ.މިކަމާ ބެހޭގޮތުން މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލްސީސީ އާއި މަޝްވަރާކުރައްވާފައިވާ ކަމަށް ވިދާޅުވަމުން ޓްރަމްޕް ވަނީ މިސްރަށް އެމެރިކާއިން ބޮޑެތި އެހީތައް ވެދީފައިވާނެކަމަށާ،އެކަމުގެ ބަދަލުގައި މިސްރުންވެސް އެމެރިކާއަށް މިކަމުގައި އެހީވާނެކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.އަދި އަލްސީސީ އަކީ ”ފްރެންޑެއް“ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.މީގެ އިތުރުން ޖޯޑްން ވެސް މިކަމުގައި އެހީވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
މައުލޫމާތު : ވިއޯން

Loading

One Response

  1. ހަމަ ހުސް ލަނޑާ. ދެރައީ މުސްލިމް ލީޑަރުންނޭ ކިޔައިގެން މިއުޅޭ މީހުންނަށް މިކަން ނޭގޭކަން. ނުވަތަ އެނގެން ބޭނުން ނުވާކަމެވެ.
    ޒައަރނިސްޓުންގެ އަތްދަށު މިިއޮތީ މުޅި ދުނިޔެ އަޅުވެތި ކޮށްފައެވެ. ދެން ހަމަ ސަލާމަތެއް އޮތީ އިސްލާމް ދީނުގެ ޙިމާޔަތުގައި މުސްލިމުން ހަނގުރާމަކޮށް ފަތަޙަ ހޯދުމެވެ. ބުނަން ފަސޭހަ ކުރަން ވަރށް ދަތި ކަމެކެވެ. އެހެނީ ގިނައީ މުނާފިގުން ކަމަށްވާތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް