ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ،ސަރުކާރުގެ ޚަރަދުގައި ދިރިއުޅުއްވަމުންގެންދަވާ ބޮޑުގެޔަށް 4.6މިލިޔަން ރުޕީސްގެ ރެންޓް ދެއްކެވުމަށް ނުވަތަ ގެ ހުސްކުރެއްވުމަށް މިހާރުގެ ރައީސް އަނުރާ ކުމާރަ ޑިސަނާޔަކަ އަންގަވައިފިއެވެ.
ކަޓުކުރުންޑާ ކިޔާ ސަރަހައްދުގައި އާދީއްތަދުވަހު ބޭއްވި ރަސްމީ އިހްތިފާލެއްގައި ވާހަކަފުޅު ދައްކަވަމުން ޑިސަނާޔަކަވަނީ ރާޖަޕަކްސާ ބޭނުންކުރައްވާ ގޭގެ ރެންޓް ކަނޑައަޅާފައިވަނީ ސަރުކާރުގެ ވެލުއޭޝަން ޑިޕާޓްމަންޓުން ކަމުގައެވެ.އަދި މަހަކު 4.6މިލިއަން ރުޕީސް އެއީ ބިމުގެ އަގުނުލާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަނޫރާ ކުމާރަ ޑިސަނާޔަކަ ވިދާޅުވީ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ގާނޫނީ ގޮތުން ދޭންޖެހޭނީ މުސާރައިގެ ތިންބައިކުޅައެއްބައި ނުވަތަ އުޅުއްވާނެ ތަނެއްކަމަށާ ސަރުކާރުން ރާޖަޕަކްސާގެ މުސާރައިގެ ތިންބައިކުޅައެއްބައި ކަމަށްބާ 30ހާސް ރުޕީސް ދޭނެ ކަމުގައެވެ.އަދި މިހާރު އުޅުއްގޭގައި ހުންނަވާނަމަ މިއަދަދަށްވުރެ އިތުރުވާބައި ކުލީގެ ގޮތުގައި ދައްކަވަން ޖެހޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.އަދި ވަދައިގަންނަވާނެ އެހެން ތަނެއް ނެތްނަމަ ސަރުކާރުން އެކަށީގެންވާ ގެއެއް ދޭންކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ޑިސަނާޔަކަ ވިދާޅުވީ ކުރީގެ ރައީސް ޗަންދުރިކާ ކުމާރަތުންގާ ދިރިއުޅުއްވާ ގޭގެ އަގުކަނޑައެޅުމަށްވެސް ޓީމްތައް ފޮނުއްވިކަމަށާ މިވަގުތު އެކަން ހުއްޓިފައޮތީ ކުމާރަތުންގާ ލަންޑަނަށް ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވާތީ ކަމުގައެވެ.
ޑިސަނާޔަކަ އިތުރަށް ވިދާޅުވީ ކުރީގެ ރައީސުން ބޭނުން ކުރައްވާ ސަރުކާރުގެ ލަގްޒަރީ ވެހިކަލްތައް ބެލެހެއްޓުންވެސް ސަރުކާރަށް ބޮޑު ބުރައަކަށް ވެފައިވާތީ އެފަދަ ވެހިކަލްތައް ފެބްރުއަރީ މަހު ނީލަން ކިޔޭނެ ކަމަށެވެ.މީގެ އިތުރުން މަޖިލީސް މެމްބަރުންނަށްދޭ ޕެންޝަން އުނިކުރުމަށްވެސް ދާދި އަވަހަށް ގަރާރެއް ވައްދާނެކަމުގައި ވިދާޅުވިއެވެ.އަދި މެމްބަރުންނަށް މަޖިލީހުގެ ކެންޓީނުން މާކެޓް އަގުގައި ކެއުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ކުމާރަތުންގާވިދާޅުވީ ގައުމުތަރައްގީކުރުމަށް ފަށާފައިވާ މަސައްކަތުގައި ގިނަ ޕްރޮޖެކްޓްތަކެއް ދާދި އަވަހަށް ފައްޓަވާނެ ކަމުގައެވެ.އޭގެ އެއް ޕްރޮޖެކްޓަކަށްވާނީ އަގުހެޔޮކޮށް ކަރަންޓް ފޯރުކޮށްދިނުމަށް އިންޑިޔަން ކޮމްޕެނީއާއި ގުޅިގެން ފަށާ ސޯލާ ޕަވަރ ޕްލާންޓް ކަމުގައެވެ.މިކަމަށްޓަކާ ދެފަރާތަށް ހަމަހަމަވާގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދޭނެކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޗައިނާއަށް ކުރެއްވި ދަތުރު ފުޅުގައި ޗައިނާއިން ވަނީ ބޮޑު ކޮންފަރެންސްހޯލްއެއް އެޅުމަށް 20،000މިލިއަން ރުޕީސް ހަދިޔާކޮށްފައި ކަމަށް ވިދާޅުވިއެވެ.ކޮލޮމްބޯ ޕޯޓްސިޓީގައި އެޅޭ ކޮންފަރެންސް ހޯލް ގައި ބައިނަލްއަގްވާމީ ކޮންފަރެންސްތަކާއި ވިޔަފާރި ބައްދަލްވުންތައް ބޭއްވޭނެ ކަމުގައި ޑިސަނާޔަކަ ވިދާޅުވިއެވެ.
އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި މަހިންދަ ރާޖަޕަކްސާ ގެ ސެކިއުރިޓީ ޑީޓެއިލް ދަށްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވަތީ އެމައްސަލަ ރާޖަޕަކްސާ ވަނީ ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައެވެ. ރާޖަޕަކްސާ ވިދާޅުވެފައިވަނީ ސަރުކާރުން އެކަންކުރީ ރަނގަޅު ސެކިއުރިޓީ އެސެސްމަންޓެއް ނުހަދާ ކަމުގައެވެ.
ރާޖަޕަކްސާ ވިދާޅުވީ އޭނާއަކީ ތަމަޅަ ޓައިގަރު ހަގުރާމަވެރިންނާއި ދެކޮޅަށް 30 އަހަރުވަންދެން ސްރީލަންކާގައި ހަނގުރާމަ ކުރިޔަށް ގެންދިއުމުގައި އިސްކޮން ހުންނެވި ބޭފުޅާކަމުން،އޭނާޔަށް ވަރަށް ބޮޑު ސެކިއުރިޓީ ގޮންޖެހުން އެބައޮތް ކަމުގައެވެ. ރާޖަޕަކްސާ ވިދާޅުވީ ޓެމިލް އީލާމްގެ އަމިއްލަ ސަރުކާރެއް އެމީހުން އިއުލާން ކޮށްފައިވާ ކަމަށާ ތަމަޅައިންގެ ވަކި ސްޓޭޓެއް ގާއިމް ކުރަން އެމީހުން މަސައްކަތް ކުރަމުންދާކަމުގައެވެ.