ޒުވާން ފިރިހެން ކުއްޖަކު އެއްދުވަހަކު މެނޭޖަރެއްގެ ވަޒީފާއަށް އެދި އިންޓަރވިއު އަށް ދިޔައެވެ.އިންޓަރވިއުގެ ފުރަތަމަ ބައިން އޭނާފާސް ވުމަށްފަހު ފަހުބައި ކުރިޔަށް ގެންދާނީ ކުންފުނީގެ ޑިރެކްޓަރު ކަމަށް އޭނާކައިރީގައި ބުނެވުނެވެ.
އިންޓަރވިއުގެ ދެވަނަބައި ކުރިޔަށް ގެންދިޔައިރު،ޒުވާނާގެ ކިޔެވުމުގެ ދައުރުގައި މަތީވަނަތައް ހާސިލް ކޮށްފައިވާތަން ސީވީ ބެލުމުން ޑިރެކްޓަރަށް ފެނުނެވެ.އެހެން ކަމުން ސުވާލުކުރިއެވެ. ކިޔެވީ އެއްވެސް ސްކޮލަރޝިޕްއެއްގެ ދަށުންހެއްޔެވެ.މިސުވާލުގެ ޖަވާބުގައި ސްކޮލަރޝިޕެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.ދެން ޑިރެކްޓަރު ސުވާލުކުރިއެވެ.ކިޔެވުމުގެ ޚަރަދުތައް ބެލެހެއްޓީ ބައްޕަހެއްޔެވެ. ޒުވާނާ ޖަވާބުގައި ބުންޏެވެ.އަޅުގަނޑުގެ އުމުރުން އެއްއަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ.އެއަށްފަހު އަޅުގަނޑުގެ ހުރިހާ ކަމެއް ބެލެހެއްޓީ މަންމަ އެކަންޏެވެ.
ދެން ޑިރެކްޓަރު ސުވާލުކުރިއެވެ.މަންމަ ވަޒީފާއަދާކުރަނީ ކޮންތަނެއްގައި ހެއްޔެވެ.ޒުވާނާ ބުންޏެވެ.މަންމަ ކުރާ މަސައްކަތަކީ މީހުންގެ އަންނައުނު ދޮވުމެވެ.މިހެން ބުނުމުން ޑިރެކްޓަރ ބުންޏެވެ.ކަލޭގެ އަތް ނިކަން ދައްކަބަލާށެވެ.އޭނާގެ ދެއަތް ދެއްކިއިރު ވަރަށް ހަން އޮމާންވެފައި ރީއްޗެވެ. ދެން ޑިރެކްޓަރު ސުވާލުކުރިއެވެ. ކަލޭގެ މަންމަ އެއްޗެތި ދޮންނައިރު އެއްވެސް ވަރަކަށް އެކަމުގައި ބައިވެރިވެ އެހީތެރިވެދެން ހެއްޔެވެ. ޒުވާނާބުންޏެވެ. ނުވަމެވެ. މަންމަ އަބަދުވެސް ބޭނުންވާނީ އަޅުގަނޑު އަބަދުވެސް ކިޔަވާ ފޮތްކިޔާ ހެދުމުގައި އުޅުމަށެވެ.އެހެން ނޫނަސް އަޅުގަނޑަށްވުރެމާއަވަހަށް މަންމަ އެއްޗެތި ދޮންނާނެއެވެ.
ޑިރެކްޓަރު ބުންޏެވެ.އެހެންވީމަ އަހަރެންނަށް ކުޑަ ކަމެއްކޮށްދޭން އެބަޖެހެއެވެ.މިއަދު ގެއަށް ދިއުމަށްފަހު މަންމަގެ ދެއަތަށް ރަގަޅަށް ބަލާލާށެވެ.އަދި މަންމަގެ އަތް ރީތިކޮށް ސާފުކޮށްލަދޭށެވެ.އެއަށް ފަހު މާދަމާ ހެނދުނު އައިސް އަހަރެންނާ ބައްދަލް ކުރާށެވެ.
މިއާއެކު ވަޒީފާ ލިބުމުގެއުންމީދު ޒުވާނާގެ ހިތުގައި އާވެގެން ދިޔައެވެ.
އެދުވަހު ގެޔަށް ދިއުމަށްފަހު މަންމަގެ ދެއަތް ދައްކާލުމަށް އެދުނެވެ.އަދި މަންމަގެ އަތް ސާފު ކޮށްދޭން ބޭނުންކަމަށް ބުންޏެވެ. މިހެން ބުނުމުން މަންމަޔަށް ތަފާތު އިހުސާސު ތަކެއް ކުރުވިއެވެ. އެހެންނަމަވެސް ލޯބިވާ ދަރިފުޅު އެދުނު ފަދައިން އޭނާގެ ދެއަތް ދަރުފުޅަށް ދައްކާލިއެވެ.
ދަރިފުޅަށް ފެނުނީ މަންމަގެ ދެއަތުގައި ވަރަށް ބޮޑަށް ރޫޖެހިފައިވާތަނެވެ. ދެއަތުގައި ކުރަލާ،ތަންތަން ކެނޑި ތަންތަން ރަތްވެފައިވާ ތަނެވެ.މިތަން ފެނި އޭނާގެ ދެލޮލުން ވަގުތުން ކަރުނައައެވެ.އަދި މަޑުމަޑުން މަންމަގެ އަތް ސާފުކުރަން ފެށިއެވެ.ސާފުކުރަމުން ދިޔައިރު އޭނާއަށް އަތްލެވޭ ގޮތަކުން މަންމަ އަށް ވަރަށް ތަދުވާކަންވެސް އެގުނެވެ.
އޭނާއަށް ކިޔަވާދީ އޭނާގެ ބޭނުންތައް ފުއްދާދީ އަދި އޭނާގެ މުސްތަޤްބަލް އުޖާލާކޮށްދިނުމަށްޓަކާ ކޮންމެ ދުވަހަކުވެސް އެއްޗެތި ދޮންނަމުން ގެންދަނީ މިދެއަތުންކަން ޒުވާނާއަށް ފުރަތަމަ ފަހަރު އިހުސާސްވީ އެދުވަހުއެވެ.އަތުގަ ހުރި ފާރުކޮޅުތަކަކީ އޭނާގެ ސްކޫލްފީ ދެއްކުމަށް މަންމަ ދައްކާ އަގެވެ.
މަންމަގެ އަތް ސާފުކޮށްލަދީ ނިމުމުން މަންމަ އަރާމު ކޮށްލަން އިނުމަށް އެދުމަށްފަހު ބާކީ ހުރި ހުރިހާ އަންނައުނު ޒުވާނާ ދޮވުނެވެ.އެރޭ ވެގެން ދިޔައީ މަންމައާއި ދަރުފުޅުގެ ހަޔާތުގައި ވަރަށް ޚާއްސަރެޔަކަށެވެ.ދަންވަންދެން ދެމައިން އެކި ވާހަކަ ދައްކާލަން ތިއްބެވެ. ދަރިފުޅު އެތައް ފަހަރަކު މަންމަގެ ކިބައިން މައާފަށް އެދުނެވެ.އަދި މީގެ ފަހުން މަންމަގެ މަސައްކަތުގައި ހުރިހާ ގޮތަކުން އެހީތެރިވެދޭނެ ކަމަށް ބުންޏެވެ.
އަނެއްދުވަހު ޒުވާނާ ޑިރެކްޓަރާއި ބައްދަލް ކުރަން ދިޔައެވެ.އަދި ބައްދަލްވުމަށް ވަންއިރުވެސް ޒުވާނާގެ ލޮލުން ކަރުނަ އައިސްފައިވާތަން ޑިރެކްޓަރަށް ފެނުނެވެ.އަދި ބުންޏެވެ.އިއްޔެ ގެޔަށް ދިއުމަށްފަހު ފެނުނު އަދި ދަސްވި އެއްޗެއް މަށް ކިޔާދީބަލާށެވެ.
ޒުވާނާ ޖަވާބުގައި ބުންޏެވެ. އަޅުގަނޑުގޮސް މަންމަގެ ދެއަތް ބެލިއިރު އަޅުގަނޑަށް ފެނުނީ މަންމައަކު ވަވުންދާ ގުރުބާނީގެ ލަކުނު ތަކެވެ. ފާރުކޮޅުތަކެވެ.ލޭއަރާ ރަތްވެފައިވާ ތަންތަނެވެ. އަޅުގަޑު އެލަކުނުތަކާއި ފާރުކޮޅުތައް ސާފުކުރީމެވެ.ފުރަތަމަ ފަހަރަށް އެދެއަތަށް ފިނިކަން ދިނީމެވެ. އަދި އެއަށްފަހު ބާކީ ހުރި ހުރިހާ އަންނައުނު ދޮވުނީ އަޅުގަނޑެވެ.މީހަކު ކޮށްދޭކަމަކަށް ޝުކުރުވެރިވުމަކީ ކޮބާކަން މިއަދު އަޅުގަނޑަށް ވަނީ ދަސްވެފައެވެ.މަންމަގެ އެގުރުބާނީ އާއި ނުލާ މިއަދު އަޅުގަނޑަށް އާދެވިފަ މިހުރި ހިސާބަށް ނާދެވޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.
މަންމަގެ މަސައްކަތުގައި އެހީތެރިވެވުމުން،އެކަނި މާއެކަނި މަސައްކަތެއްކޮށް ނަތީޖާ ނެރުމަކީ ކޮބާކަން އަޅުގަނދަށް ވަނީ އެގިފައެވެ.އަދި މަންމަޔަށް ނުވަތަ އާއިލާއަށް އެހީތެރިވުމުގެ މުހިންމުކަންވެސް އަޅުގަނޑަށް ވަނީ އިހުސާސްވެފައެވެ.
ޑިރެކްޓަރު ބުންޏެވެ.އަހަރެން ބޭނުންވަނީ ތިޔަ ސިފަތައް ހުރި މެނޭޖަރެކެވެ.ވަޒީފާދޭން ބޭނުންވަނީ އެހެން މީހުން ކޮށްދޭކަންތަކަށް ޝުކުރުވެރިވާ،އެކަންތައްތައް ބަލައިގަންނަ މެނޭޖަރެކެވެ.ކަމެއް ހާސިލް ކުރުމަށް ކުރާ މަސައްކަތުގައި އެހެން މީހުން އުފުލާބުރަ ދަންނަ މެނޭޖަރެކެވެ.އަދި ހަޔާތުގަ ހުރިހާވެސް އެއްޗަކީ ހަމައެކަނި ފައިސާ ހޯދުންކަމަށް ނުދެކޭ މެނޭޖަރެކެވެ. އެހެން ކަމުން ތިޔަ ޒުވާނާއަށް ވަޒީފާ ދީފީމެވެ.