އީރާނުން ހިޖާބުގެ ގާނޫނު ތަންފީޒުކުރަން މިވަގުތު ގަސްދެއް ނުކުރޭ

Loading

January 26, 2025
profile
Facebook
Twitter
WhatsApp

ސުވިޒަރލޭންޑުގެ ޑިވޯސްގައި ބޭއްވުނު ދުނިޔޭގެ އިގްތިސާދީ ފޯރަމްގައި މިދިޔަ ބުދަ ދުވަހު ވާހަކަފުޅު ދައްކަވަމުން އީރަނުން ހިޖާބުގެ ގާނޫނު މިވަގުތު ތަންފީޒުކުރަން ގަސްދު ނުކުރާކަމަށް އީރާނުގެ ނައިބުރައީސް މުހަންމަދު ޖަވާދު ޒާރިފް ހާމަކުރައްވައިފިއެވެ.  

               

1979 ގެ އިންގިލާބަށްފަހު އީރާނުގެ އަންހެނުން އާންމު ތަންތަނުގައި އުޅޭއިރު އަބުރުވެރިގޮތުގައި ހެދުން އެޅުމާއި ބޮލާއި ކަނދުރާ ނިވާކުރުމަކީ ލާޒިމް ކޮށްފައިވާ ކަމެކެވެ. އެހެންނަމަވެސް ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު އީރާނުންވެސް ކޮންމެވެސް މިންވަރަކަށް “ ފެނުނަސް ނުފެންނަކަމަށް “ މިއޮތީ ހަދަންޖެހިފައެވެ.                                   

ޒާރިފްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ތެހެރާނުގެ މަގުތަކުގައި ކިތަންމެ އަންހެނުންނެއް ބޮލާއި ކަނދުރާ ނިވާ ނުކޮށް ހިނގާބިނގާވެ އުޅެތީ މިހާރު ފެންނާނެއެވެ. ސަރުކާރުން އެމީހުންނަށް އުދަނގޫކުރާކަށް ގަސްދެއް ނުކުރެއެވެ. އެ މަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވެފައިވަނީ 2023 ވަނަ އަހަރު އީރާނުގައި އަންހެނުންގެ އިއްފަތްތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގައި ފާސްކުރި ގާނޫނުގައި ބައެއްކަންތައްތައް ފުރިހަމަ ނުވެ ހުރިކަމަށް ރައީސް ޕެޒެޝްކިއާން ދެކިވަޑައިގަންނަވާތީ މަޖިލީހުގެ ރައީސް އާއި އަދުލް އިންސާފުގެ ވެރިޔާއާއި ސެކިއުރިޓީ ކައުންސިލްއާއި އަދިވެސް ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު އެ ގާނޫނު ތަންފީޒު ނުކުރަން ނިންމަވާފައިވަނީ ކަމަށެވެ. މީގެކުރިން ހަމަޖެހިފައިވަނީ މި ހުސްވި ޑިސެމްބަރ މަހުގެތެރޭގައި އެ ގާނޫނު ތަސްދީގުކުރުމަށްތަކައި ރައީސް އަރިހަށް ފޮނުވުމަށެވެ. އެ ގާނޫނު ފަރުމާ ކޮށްފައިއޮތް ގޮތުން ގާނޫނާ ޚިލާފްވާ ފަރާތްތަކުން ބޮޑެތި އަދަބުތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. މިކަން ފާހަގަކުރައްވައި ސަރުކާރުގެ ރަސްމީ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ވިދާޅުވެފައިވަނީ އެގާނޫނުގައި އިޖްތިމާއީ ގިނަ މައްސަލަތަކެއް ގެ އިތުރު ތަފްސީލު ބޭނުންވާތީ މި ވަގުތަށް އެގާނޫނު ބާއްވާފައި ވަނީ ކަމަށެވެ.                                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް