ޕާކިސްތާންގެ ޔޫޓިބް ތަރިއެއްގެ ކައިވެނީގެ ހަދިޔާއަކަށް އޭނާޔަށް މީހަކު ދިން ޅަ ސިންގާއެއް ބަލައިގަތުމުން،އެކަމުގެ އަދަބެއްގެ ގޮތުގައި ޖަނަވާރުގެ ވެލްފެއާ އާއި ބެހޭ 12 ވީޑިއޯ ހެދުމަށް ކޯޓުން އޭނާގެ މައްޗަށް އަމުރު ކޮށްފިއެވެ.
މިގޮތަށް ލަޔަން އަދި ލަޔަން ކަބް އަމިއްލަ މީހުން ގެންގުޅުމަކީ ޕާކިސްތާންގައިވެސް ގާނޫނީ ކުށެކެވެ. ކޯޓުން ރަޖަބް ބަޓް އަށް އަމުރު ކޮށްފައިވަނީ އެއް އަހަރުވަންދެން ކޮންމެ މަހަކު ޖަނަވާރުތައް ހިމާޔަތް ކުރުމުގެ މުހިންމުކަން ދައްކުވާދޭ ފަސްމިނިޓްގެ ވީޑިއޯ ރިޕޯޓެއް ތައްޔާރު ކުރުމަށެވެ.
ލަޔަން ކަބް މިހާރު ވަނީ ސަރުކާރުގެ ފަރާތުން ލާހޫރުގެ ސަފާރީ ޒުލަކަށް ބަދަލު ކޮށްފައެވެ.އަދި އޭގެ ނަމަކަށް ދީފައިވަނީ ބައްޓިއެވެ.
ލަޔަން ކަބް ހަދިޔާއަކަށް ލިބުނު ޔޫޓިއުބަރ ރަޖަބް ބަޓްގެ 5.6 މިލިއަން ފޮލޮވަރުން ތިބޭ ކަމަށް ވެއެވެ.އޭނާއަށް ލަޔަން ކަބް ދިނީ މިދިޔަ މަހު އޮތް އޭނާގެ ކައިވެނީގެ ހަފްލާގައި އުމަރު ޑޯލާ ކިޔާ އެހެން ޔޫޓިއުބަރެކެވެ.
އެފަދަ ލަޔަން ކަބެއް އޭނާއަށް ހަދިޔާ ކުރެވުނު ނަމަވެސް ހަދިޔާ ގަބޫލު ކުރެވުނީތީ އޭނާ ހިތާމަ ކުރާކަމަށް ފަހުން ރަޖަބް ބަޓް ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.ސޯޝަލްމީޑިއާ އިންފްލުއެންސަރ އެއްގެ ހައިސިއްޔަތުން އޭނާގެ މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ ޕޮޒިޓިވް ކޮންޓެންޓް އުފެއްދުން ކަމަށް އޭނާ ގަބޫލު ކުރާކަމަށް ބުނެފައި ވެއެވެ.އަމިއްލަޔަށް ލަޔަން ކަބް ގެންގުޅުމުގެ ހުއްދަ އޭނާއަށް ލިބިގެން ނުވާ ކަމަށާ އެހެން ހަދައިފިނަމަވެސް އެދެވެނީ ނުރަގަޅު މެސެޖެއް ކަމަށްވެސް ބުނެފައި ވެއެވެ.ކޮމިޔުނިޓީ ސަރވިސް އެއްގެގޮތުން ،ވަލު ޖަނަވާރު ތަކުގެ ހައްގު ހިމާޔަތް ކުރުމާއިބެހޭ ޕޮޒިޓިވް މެސެޖް ތަކެއް ދޫކުރާނެ ކަމަށްވެސް ބަޓް ބުނެފައި ވެއެވެ.
ކޯޓުއަމުރާ އެއްގޮތަށް އެނިމަލް ވެލްފެއާއި ބެހޭ ޕޮޒިޓިވް ވީޑިއޯތައް އުފެއްދުމަށް ރަޖަބް ބަޓް އަށް އެހީތެރިވުމަށް ވައިލްޑްލައިފް ޑިޕާޓްމަންޓަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.
ރަޖަބް ބަޓްގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކޮށްފައިވަނީ ވައިލްޑްލައިފް އޮފިސަރަކަށް ބަޓްގެ ވީޑިއޯ ފެނިގެންނެވެ.
ލާހޫރު ސަފާރީ ޒުލުގެ ޑިރެކްޓަރ ތާރިގް ޖަންޖުއާ ބުނެފައިވާ ގޮތުގައި ސިންގާއަކީ އޮޅުކޮށްގެން ގެންގުޅެވޭނެ ޖަނަވާރެއް ނޫނެވެ.އަދި އެގޮތަށް ކޮށީގަ ސިންގާ ގެންގުޅުމަކީ އެޔަށް ވަރަށް އަނިޔާވެރި އަދި އަނެއްކޮޅުން އިންސާނުންނަށް ނުރައްކާތެރި ކަމެކެވެ.