އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރ.އަތޮޅުގައި ފަށައިފި

Loading

January 22, 2025
sandhaanu news
Facebook
Twitter
WhatsApp

އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރ.އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރުގައި ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އެގޮތުން އެ ޚިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފެވެ.

މިނިސްޓަރ އިހްސާން ވަނީ އެ ޚިދުމަތް ތައާރަފުކޮށްދެއްވުމުގެ ގޮތުން އެ ރަށުގައި ފުރަތަމަ ޕްރިންޓް ކުރި އައިޑީކާޑު އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ. އަދި އެ ރަށުގެ އިމިގްރޭޝަނުން ދޫކުރި ފުރަތަމަ ޕާސްޕޯޓުވެސް މިނިސްޓަރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްދެއްވާފައެވެ.

އެހެންކަމުން މިއަދުން ފެށިގެން އިމުގާ މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓު އުނގޫފާރުން ނެގުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް