ކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް ފަށައިފި!

Loading

January 20, 2025
sandhaanu news
Facebook
Twitter
WhatsApp

ދެހާސް ވިހި ވަނަ އަހަރު ކ.ކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް ފަށައިފިއެވެ.

މި ދިރާސާތައް ކުރިއަށްދާނީ ދެ ހަފްތާގެ މުއްދަތަކަށެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތް ކުރިއަށް ގެންދާނީ މި މަހުގެ 12 ން 24 އާ ދެމެދު ކަމަށެވެ.

މި ދިރާސާގެ ތެރޭގައި ފަންނީގޮތުން ބިމުގެ އަޑީގައި ހުންނަ އާސާރީ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތް ބައިވެރީންނާއި ހިއްސާކުރެވޭނެއެވެ.

މިއީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ ގުޅިގެންކުރެވޭ މަސައްކަތެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް