މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް އެމްޓީސީސީގެ ފެރީއަކަށް ނަގައިފި

Loading

January 17, 2025
sandhaanu news
Facebook
Twitter
WhatsApp

ވިލިމާލޭގައި މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް އެމްޓީސީސީގެ ފެރީއަކަށް ނަގައި އޭނާ ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާދާކަމުގެ ރިޕޯޓެއް މިއަދު 3:55 ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ސަލާމަތްކޮށްފައި ވަނީ އެމްޓީސީސީގެ ފެރީއަކަށް ނަގައިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ މީހާ މޫދުން ނެގުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާގެ ހާލު ގޯސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް