އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ޞައިފް އަލީ ޚާންގެ ގަޔަށް މީހަކު ވަޅިހަރާ ޒަޚްމް ކޮށްލުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.މިހާދިސާ ހިނގާފައިވަނީ ބުރާސްފަތި ވިލޭރޭ ދަންވަރު ތިނެއްޖަހާ އެހާއިރު ކަމަށް ޚަބަރުތައް ބުނެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ކާކުކަން ނޭގޭ މީހަކު، މުމްބާއީ ސިޓީގައި މުއްސަނދިން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ޞައިފް ގެ ގެއަށް ވަދެފައިވާކަމަށް ބެލެވެނީ ވައްކަން ކުރުމަށެވެ.އެމީހާ އާއި ސައިފް ކުރިމަތިލާ ބަހުގެ ހަމަލާތައް ބަދަލު ކުރުމުގެ ތެރޭގައި އެމީހާ ޞައިފް އަށް ވަޅިން ހަމަލާދިނީއެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުން އެކަކަށްވުރެގިނަމީހުން އެގެޔަށް ވަދެފައި ވެއެވެ.
މިހަމަލާގައި ޞައިފް ގެ ގަޔަށް ހަތަނަކަށް ވަޅިހަރާފައިވާ ކަމަށާ،ދެތަނަކަށް ވަރަށް ފުންކޮށް ހަރާފައިވާކަމަށް ސައިފް ގެންދެވުނު ލީލާވަތީ ހޮސްޕިޓަލްގެ ސީއީއޯ މައުލޫމާތު ދީފައި ވެއެވެ.އަދި މައިބަދަޔާ ކައިރިޔަށްވެސް ވަޅިހަރާފައިވާ ކަމަށާ ސްޕެޝަލިސްޓް ޑޮކްޓަރުން ވަގުތުން ފަރުވާފަށާ ސާޖަރީތައް ފަށާފައިވާ ކަމަށް ސީއީއޯ ބުނެފައި ވެއެވެ.
މިހާދިސާއާއި ގުޅިގެން ޞައިފް ގެ އާއިލާއިން މެންދުރާ ހަމަޔަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.ނަމަވެސް ޞައިފް ގެ ޓީމްގެ ފަރާތުން ވަނީ އާއިލާގެ ޕްރައިވަސީ އަށް އިހްތިރާމް ކުރުމަށް ނޫސްވެރިން އަދި ފޭނުންގެ ކިބައިން އެދިފައެވެ.މިއީ ފުލުހުން ބަލަމުންދާ މައްސަލަ އެއް ކަމަށާ، އަޕްޑޭޓްތައް އަންނަ ވަރަކުން ހާމަ ކުރަމުން ގެންދާނެކަމަށް ޓީމުން ބުނެފައި ވެއެވެ.
މިމައްސަލަ އިންޑިޔާގެ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
ފަހުގެ އަޕްޑޭޓްތައް ބުނާގޮތުން ސައިފް މިހާރުވަނީ ނުރައްކާތެރި ހާލަތުން ސަލާމަތް ކުރެވިފައެވެ.