ފަޒީސް ހިޖާމާ ކްލިނިކް ހެލްތު މިނިސްޓްރީން ރަޖިސްޓްރީކޮށް ދީފި

Loading

January 15, 2025
sandhaanu news
Facebook
Twitter
WhatsApp

ފަޒީލާ އުސްމާނުގެ ”ފަޒީސް ހިޖާމާ ކްލިނިކް“ ހެލްތު މިނިސްޓްރީން ރަޖިސްޓްރީކޮށް ދީފިއެވެ.

މިކަންހާމަކޮށް ފަޒީސް ހިޖާމާ ކްލިނިކްގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ފަޒީ ބުނީ ހިޖާމާ ކްލިނިކް ރަޖިސްޓްރީ ކުރެވުމަކީ މި ވޭތުވެދިޔަ އަށް އަހަރު ކުރަމުންދިޔަ އުންމީދެއް ކަމަށެވެ. މިހާރު ރަޖިސްޓްރީ ކުރެވިފައިވީ ނަމަވެސް އެ ކްލިނިކުން ހިޖާމާ ފަރުވާ އަދި ފެށެން އޮތީ އޮޕަރޭޓިންގް ލައިސަންސް ލިބިގެން ކަމަށްވެސް ފަޒީ ވަނީ ބުނެފައެވެ.

ހަމައެހެންމެ އެ ލައިސަންސް ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ކްލިނިކުން ހިދުމަތްދިނުން ހުއްޓުވާފައި އޮތުމުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލާއި އިނގިރޭސިވިލާތުގެ އިންސްޓިޓިއުޓަކުން އޭނާ ހެދި ހިޖާމާ ކޯހުގެ ސެޓްފިކެޓް، އެލައިޑް އިންޝުއަރެންސުން ގަބޫލު ނުކުރި މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ފަޒީ ވަނީ ބުނެފައެވެ.ފަޒީ ވަނީ މިކަމުގައި އިހުމާލުވި ފަރާތްތަކުގެ ކިބައިން ގެއްލުމުގެ ބަދަލު ލިބޭނެ ކަމަށް އުންމީދުކުރާކަމަށް ބުނެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް