100 ރުފިޔާގެ އައު ނޫޓު މި މަހު 19 ގައި ނެރެނީ

Loading

January 14, 2025
sandhaanu news
Facebook
Twitter
WhatsApp

ސަތޭކަ ރުފިޔާގެ އައު ނޫޓު މި މަހުގެ 19 ގައި ނެރޭނެ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ މި ފަހުން ޗާފު ކުރި 100ގެ ނޫޓުތައް މި މަހުގެ 19 ވަނަ ދުވަހު ނެރޭނެ ކަމަށާއި އެ ނޫޓު ދައުރު ކުރާއިރު، މިހާރު ބޭނުންކުރަމުންދާ ނޫޓުތައް ވެސް ދައުރު ކުރަމުންދާނެ ކަމަށެވެ.

އެމްއެމްއޭ އިން އަލަށް ޗާޕު ކުރި 100 ރުފިޔާ ނޫޓުގެ ދެ ފަރާތުގައި ވެސް ދިވެހި ރުފިޔާގެ ނިޝާން ޖަހާފައި ހުންނާނެއެވެ.

މީގެ އިތުރުން އެ ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމެވެ. އަދި އެ ނޫޓުތަކުގައި ވާ ތާރީޚަކީ ހަތެއް ޖުލައި 2024، އެކެއް މުހައްރަމް 1446އެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް