ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޑީއެސްސީން ހޯދައިފި

Loading

January 11, 2025
sandhaanu news
Facebook
Twitter
WhatsApp


ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ހޯދައިފިއެވެ.

ރޭ ކުޅުނު ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި، ވާދަވެރި، ކުލަބް އެޗްޑީސީ ބަލިކޮށް ޑީއެސްސީން ޗެމްޕިއަންކަން ހޯދީ 1-3 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްސީގެ ޖާޒީ ނަންބަރު 10، ލާންސް ކޯޕްރަލް ޙުސައިން ރައްޒާނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މި މެޗު ޝަރަފުވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑެލި ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ.

މި މުބާރާތުގައި ހޮވި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޑީއެސްސީގެ ޖާޒީ ނަންބަރު 10، ލާންސް ކޯޕްރަލް ޙުސައިން ރައްޒާންއާއި، ޖާޒީ ނަންބަރު 6، ސްޓާފް ސާޖަންޓް ޙުސައިން ޝާހިދު އަދި ބިދޭސީ ކުޅުންތެރިޔާ ޖާޒީ ނަންބަރު 1، މުޙައްމަދު ޙަމަދު ވަނީ ހިމެނިފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމު ޑީއެސްސީގެ ކޯޗު ސްޓާފް ސާޖަންޓް މުމްތާޒު ޢަލީއަށް ވަނީ ލިބިފައެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގެ ރަނަރަޕް ޓީމަށް ތަށްޓާއި މެޑެލި ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. 

ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޑީއެސްސީގެ ރައީސް، ކާނަލް އަޙްމަދު ޒުބައިރުއާއި ޑީއެސްސީގެ ހިންގާ ކޮމެޓީގެ މެންބަރުން ބައިވެރިވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް