ޖަލަށްލާފައިވާ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު ގޭބަންދަށް ބަދަލުކުރަނީ

Loading

Facebook
Twitter
WhatsApp

ކޮރަޕްޝަންގެ ކުށުގައި މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ގޭބަންދަށް ބަދަލު ކުރުމަށް ހުއްދަދޭ ޑޮކިއުމަންޓެއް ކޯޓަށް ހުށަހެޅުމުގެ ހުއްދަ މެލޭޝިޔާގެ އެޕީލްސް ކޯޓުން ނަޖީބަށް ދީފިއެވެ.ކޯޓުގައި ތިއްބަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ އެ ބުނާ ޑޮކިއުމަންޓް ނުވަތަ ޑިކްރީ ހައިކޯޓަށް ހުށަހެޅުމުގެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ.


ނަޖީބް ރައްޒާޤްގެ މައްޗަށް ވަނީ ގައުމުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ އުފުލިކުށް ސާބިތުވެފައެވެ. ”ވަން އެމްޑީބީ“ ސްކެންޑަލްގެ މަލްޓިބިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލައިގައި ދިގު ޖަލުހުކުމެއް އިއްވާފައިވާއިރު، ނަޖީބު ވަނީ ރަސްކަމުގެ ފަރާތުން ލިބިވަޑައިގެންފައިވާ ރޯޔަލް އޯޑަރ ހުށަހަޅުއްވައިގެން އަދަބު ލުއި ކުރެވޭތޯ ޖުލައި މަހު ދަށުކޯޓަކަށްވެސް ހުށަހަޅުއްވާފައެވެ.ނަމަވެސް ދަށުކޯޓުން އެ ހުއްދަ ދީފައެއް ނުވެއެވެ.
މެލޭޝިޔާގެ ކުރީގެ ރަސްގެފާނު އަލްސުލްތާން އަންދުﷲ އަހުމަދު ޝާހް ޗެއާކުރެއްވި ޕާޑަންސްބޯޑުން މިދިޔަ ފެބްރުއަރީ މަހު ވަނީ ނަޖީބް ރައްޒާޤްގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ހައަހަރު ދުވަހަށް ކުޑަކުރުމަށާ، ޖޫރިމަނާ ގެ އަދަދު ކުޑަކުރުމަށް ނިންމާފައެވެ. މިކަމާ ގުޅިގެން އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް ރަސްގެފާނަށްވެސް އަމާޒުވެފައެވެ.
ނަޖީބް ރައްޒާޤް ގެންދަވަނީ ރަސްގެފާނު ނެރުއްވި ރޯޔަލްއޯޑަރގައި އޭނާ ގޭބަންދަށް ބަދަލު ކުރެވިދާނެ ކަމަށް ބުނާ ބައެއްވެސް ހިމެނޭކަމަށާ ނަމަވެސް އިދާރާތަކުން އެބަޔަށް އަޅާނުލާ ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރޯޔަލްއޯޑަރ އަލުން ބެއްލެވުމުގެ ހުއްދަ ހޯމަ ދުވަހު އެޕީލްސްކޯޓުން ނަޖީބް ރައްޒާޤަށް ދިނުމާއިގުޅިގެން ހޯމް މިނިސްޓްރީން ވަނީ ނަޖީބް ގޭބަންދަށް ބަދަލު ކުރަންއަންގާ އެއްވެސް ނޯޓިފިކޭޝަންއެއް މިދިޔަ އަހަރު ލިބިފައި ނުވާ ކަމުގައެވެ.އަދި އެފަދަ އޯޑަރެއް ލިބުނު ނަމަ އަމަލު ކުރާނެކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.
ނަޖީބް ރައްޒާގްގެ މައްޗަށް އަދިވެސް ދަނީ ”ވަން އެމްޑީބީ“ ކޮރަޕްޝަން މައްސަލައާ ގުޅޭ އިތުރު ދައުވާތައް ކުރެވެމުންނެވެ.
މެލޭޝިޔާ އަދި ބޭރުގެ ތަހުގީގުތަކަށް ހާމަވެފައިވާ ގޮތުގައި ”ވަން އެމްޑީބީ“ ކޮރަޕްޝަން މައްސަލައިގައި 4.5ބިލިއަން ޑޮލަރު ވަނީ ވަގަށް ނަގާފައެވެ.މީގެ ތެރެއިން އެއްބިލިއަނަށް ވުރެގިނަ އަދަދެއް ވަނީ ނަޖީބްއާއި ގުޅުންހުރި އެކައުންޓްތަކަށް ޖަމާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް