އިންޑިޔާގައި ކޯލްމައިނެއްގައި ބަންދުވެފައިތިބި ބަޔަކު ސަލާމަތް ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ

Loading

Facebook
Twitter
WhatsApp

އުތުރު އިންޑިޔާގެ ސްޓޭޓެއްކަމަށްވާ އާސާމްގައި، ކޯލް ނުވަތަ ބޯޓުދެލި ނެގުމަށް ހަދާފައިވާ ވަޅެއް ކަހަލަ މައިނެއްގައި،އެރޭނެ ގޮތެއްނުވެ ބަންދުވި ނުވަ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ދާކަމަށް ހަބަރު ލިބެއެވެ.

ނުވަ Bމީހުންގެތެރެއިން މަދުވެގެން ތިންމީހުން މިހާރު މަރުވެފައިވާ ކަމަށް ރޮއިޓާސްއާއި ހަވާލާދީ ލިބޭ ހަބަރުތައް ބުނެއެވެ.
”ރެޓްހޯލް“ މައިން ނުވަތަ މީދާ ހޮރުގެ ނަމުން ނަންދީފައިވާ މައިންގައި ހޯމަދުވަހު މީހުން ބަންދުވާން ދިމާވީ މައިންގައި ފެންބޮޑުވުމުން ކަމަށް ވެއެވެ. މިފަދަ ދަތިގޮތް ގޮތަށް ހަދާފައިވާ މައިންތައް ބޭނުން ކުރުން 2014 ވަނަ އަހަރުން ފެށިގެން އިންޑިޔާގައި މަނާކޮށްފައިވީނަމަވެސް އާސާމް އަދި އުތުރު އިންޑިޔާގެ އެހެން ބައެއް ސްޓޭޓް ތަކުގައި އެފަދަ މައިންތައް އަދިވެސް ބޭނުން ކުރަމުންދާކަމަށް ވެއެވެ.
މީހުން ސަލާމަތް ކުރުމުގައި ސިފައިންނާއި ވޮލަންޓިއަރުންގެ ގިނަބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް