ވަޒިފާގެ ޕްރެޝަރު ބޮޑުވެ، މީހަކު އަމިއްލަ އިނގިލިތައް ބުރިކޮށްލައިފި

Loading

December 15, 2024
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އިންޑިޔާގައި ހިނގި،ހައިރާން ކުރުވަނިވި ހާދިސާއެއްގައި، ވަޒީފާގެ ޕްރެޝަރު ބޮޑުވެ،މަސައްކަތުން ބަރީއަ ވުމަށްޓަކައި މީހަކު އަމިއްލަ އަތުގެ ހަތަރު އިނގިލި ބުރިކޮށްލައިފިއެވެ.


ގުޖުރާތު ސްޓޭޓްގެ ފުލުހުން މައުލުމާތު ދީފައިވާ ގޮތުގައި ކޮމްޕިއުޓަރ އޮޕަރޭޓަރެއްގެ ވަޒީފާގައި އުޅުނު މި މީހާ މަސައްކަތް ކުރަމުން އައީ އޭނާގެ ތިމާގެ މީހެއްގެ ޑައިމަންޑް ފަރމް އެއްގެ އެކައުންޓްސް ޑިޕާޓްމަންޓުގައެވެ.އޭނާ ވަޒީފާގައި ކުރަންޖެހޭ މަސައްކަތް މާގިނަވެފައިވީ ނަމަވެސް ކެނޑެން އެދެން ނުކުކެރިފަހުރި ކަމަށް ވެއެވެ.
މާޔޫރު ތަރަޕަރަ ކިޔާ އުމުރުން 32 އަހަރުގެ މިމީހާ އެފަދަ ފިޔަވަޅެއް އެޅީ އިނގިލިތައް ބުރިވުމުން އެފަދަ ވަޒީފާއަކަށް ކުފޫހަމަ ނުވާނެތީ ވަޒިފާޔަށް ދާން ނުޖެހޭނެތީ ކަމަށް ވެއެވެ.
މިއަމަލު ހިންގުމަށްފަހު މާޔޫރު ފުރަތަމަ ފުހުންނަށްވެސް ހެދީ ދޮގެވެ.އޭނާ ބުނި ގޮތުގައި ރައްޓެއްސަކާ ބައްދަލު ކުރުމަށް ސައިކަލުގައި ދަނިކޮށް އޭނާގެ ބޮލަށް އެނބުރުން އަރައިގެން ވެއްޓޭގޮތް ވިއެވެ. އަދި ދިހަ މިނިޓް ފަހުން ހޭއަރައިގެން ބެލިއިރު އޭނާގެ ވައަތުގެ ހަތަރު އިނގިލި ވަނީ ބުރިކޮށްލާފަ ކަމަށް ކިޔާދީފައިވެއެވެ.
ފުލުހުން އެރު ގަބޫލު ކުރި ގޮތުގައި އޭނާގެ އިގިލިތައް ބުރިކޮށްލެވުނީ ސިހުރު ހާހޫރަ ހެދުމަށް ފަދަ ކަމަކަށެވެ.އެއާއެކު އަމްރޯލީ ޕޮލިސް ސްޓޭޝަންގައި މައްސަލަ ފައިލް ކޮށް ބަލަން ފެށިއެވެ.
މިމައްސަލަ ފަހުން އެސިޓީގެ ކްރައިމް ބްރާންޗަށް ބަދަލުކުރުމާއި ގުޅިގެން އިތުރަށް ބެލި ބެލުމުން އިނގިފައިވާ ގޮތުގައި މާޔޫރު ގެ އިނގިލިތައް ބުރިކޮށްލީ އޭނާ އަމިއްލަޔަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މާޔޫރު ވަނީ އެކަން ކުރިކަމަށް އިއުތިފާވެ އެކަން ކުރިގޮތް ކިޔާދީފައެވެ.އޭނާ ކިޔާދީފައިވާ ގޮތުގައި ފުރަތަމަ މަޝްހޫރު ފިހާރަޔަކަށް ގޮސް ވަރަށް ތޫނު ވަޅިއެއް ގަތެވެ.އަދި އޭގެ 4 ދުވަސްފަހުން އަމްރޯލީ ރިންގްރޯޑަށް ސއިކަލުގައި ގޮސް އެތާސައިކް ޕާކް ކުރުމަށް ފަހު އަމިއްލަޔަށް ހަތަރު އިގިލި ބުރިކޮށްލިއެވެ.އެއަށްފަހު ބުރިކުރި އިގިލިތަކާއި ވަޅި،ކޮތަޅަކަށް ލާފަ އެއްލާލީއެވެ. ލޭފޭބުން ހުއްޓުވުމަށް އުޅަބޮށި ކައިރާގަ އެއްޗަކުން ބާރަށް އެއްސި ކަމަށް އޭނާ ކިޔާދީފައި ވެއެވެ.
އޭނާ ހޮސްޕިޓަލަށް ގެންގޮސްދިނީ އޭނާގެ ރައްޓެއްސެއް ކަމަށް ވެއެވެ. އޭނާގެ އިގިލިތަކާއި ވަޅި ވަނީ ފަހުން ފުލުހުން ހޯދާފައެވެ.ނަމަވެސް ފެނިފައިވަނީ ތިން އިގިލި ކަމުން އަދިވެސް ފުލުހުން ދަނީ މައްސަލަ އިތުރަށް ބަލަމުން ކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް