ބައިޑަން 39 ކުށްވެރިންނަށް މައާފު ދެއްވައި، 1،500 ފަރާތުގެ އަދަބު ލުއިކޮށްދެއްވައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުގެ ދަށުން 39 ކުށްވެރިޔަކަށް މައާފު ދެއްވައި އިތުރު 1،500 މީހެއްގެ އަދަބު ލުއިކޮށްދެއްވައިފިއެވެ.

ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި މިއީ ރިޔާސީ އަފްއާމެއްގެ ދަށުން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުންނަށް މައާފު ދިން ފަހަރެވެ.

މި މަހު ކުރީކޮޅު ރައީސް ބައިޑަން ވަނީ އެތައް ކުށްތަކެއް ސާބިތުވެ ހުކުމް އިއްވަން ތައްޔާރުވެފައިވާ އަމިއްލަ ދަރިކަލުން ހަންޓަރ ބައިޑަން އަށް ވެސް މައާފު ދެއްވާފައެވެ. މިއާއެކު ބައެއް ފަރާތްތަކުން ވަނީ ފާޑު ކިއުންތައް އިތުރު ކުރަމުން ގެންގޮސްފައެވެ.

ބުރާސްފަތި ދުވަހު އަފްއާމް އިއުލާން ކުރައްވަމުން ބައިޑަން ވިދާޅުވީ މައާފު ދެވުނު މީހުންނަކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަ ކޮށްފައިވާ، އަދި މުޖުތަމައުއަށް ފައިދާހުރި ގޮތުގައި އުޅެވިދާނެ ކަމަށް ގަބޫލު ކުރެވޭ މީހުން ކަމަށެވެ. އަދަބު ލުއިކޮށްދެވުނު މީހުންނަކީ ”ނޮން ވައިލަންޓް“ ނުވަތަ ހަރުކަށިނޫން ކުށްތައް ކޮށްފައިވާ ފަރާތްތައް ކަމަށެވެ.

އަދަބު ލުއި ކޮށްދެވުނު މީހުންގެ ތެރެގައި ހިމެނެނީ ކޮވިޑް 19 ޕެންޑަމިކްގައި ގޭބަންދަށް ދޫކުރި މީހުންނާއި ބައެއް ”އައުޓްޑޭޓަޑް“ ގާނޫނު ތަކުގެ ދަށުން ދިގު މުއްދަތަށް ހުކުމް ކޮށްފައިވާ ފަރާތްތަކެވެ.

ބައިޑަން ވިދާޅުވި ގޮތުގައި މި އެންމެންނަކީ ވެސް ދެވަނަ ފުރުސަތެއް ހައްގުވާ ފަރާތްތަކެވެ. އަދި ކުރިޔަށް އޮތް ހަފްތާތަކުގައި މިފަދަ އެތައް ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ބައިޑަން ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް