އިންސާނުން ދޮންނަ މެޝިނެއް ޖަޕާނުގެ އިންޖިނޭރުން ހަދައިފި

Loading

Facebook
Twitter
WhatsApp

ބުރަކޮށް މަސައްކަތުގައި އުޅެ ދުވަސް ނިންމާލުމަށްފަހު ރަންގަޅަށް ފެންވަރާލަން ބޭނުންވާ،ނަމަވެސް އެކަމަށް ވަގުތު ނުލިބޭ މީހުންނަށް ކަމުދާނެ ޚާއްސަ ”ވޮޝިންގ މެޝިނެއް“ ޖަޕާނުގެ އިންޖިނޭރުން އުފައްދައިފިއެވެ.

އޮސާކާގެ ކުންފުންޏަކުން ހަދާފައިވާ އިންސާނުން ދޮންނަ، ދޮންނަމެޝިނު ހިންގުމަށް ބޭނުން ކުރަނީ އޭއައި ޓެކްނޮލޮޖީ އެވެ.
ސައިންސްކޯ ކުންފުނީ ގެ ފަރާތުން ހަދާފައިވާ މުސްތަގްބަލްގެ ”ހިއުމަން ވޮޝިންގ މެޝީން“ ބޭނުންކޮށްގެން ވަރަށް އަވަހަށް މުޅި ހަށިގަޑު ސާފުކޮން ދޮވެލާ އަދި ފެންހިއްކާދޭ ކަމަށް ވެއެވެ.
އާދައިގެ ދޮންނަ މެޝިނަކާއެއްގޮތަށް މަސައްކަތް ކުރާ ”ހިއުމަން ވޮޝިންގ މެޝީން“ ތައްޔާރު ކޮށްފައިވަނީ ފައިޓަރ ޖެޓެއްގެ ކޮކްޕިޓާ ދާދި އެއްގޮތަށް ކަމަށް ވެއެވެ.މެޝިނަށް މީހަކު ވަނުމަށް ފަހު މުޅި ހަށިގަނޑު އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެނަލައިޒް ކޮށްލާ ކަމަށް ވެއެވެ.އޭރު މެޝިނަށް ހުންނަނީ މެދާހަމަޔަށް ތާފަނާ ފެން އެޅިފައެވެ. އެއަށް ފަހު ކުދިކުދި ”އެއާ ބަބްލްސް“ ތަކަކާއެކު އެކި ދިމަދިމާލުން ހައިސޕީޑްގައި ފެން ފޮނުވާލައެވެ.އަދި ފޮނުވާލި ކުދިކުދި ބަބްލް ތައް ފެޅި، މެޝިންތެރޭގައި ރާޅު ތަކެއްހެން ފެން ދައުރުވާ ގޮތަށް ޕްރެޝަރެއް އުފެދި މުޅި ހަށިގަނޑު ސާފުކޮން ދޮވެލައެވެ.
ސައިންސް ކޯއިން ކުންފުނިން ބުނާ ގޮތުގައި މިމެޝިނުން ދޮވެދެނީ ހަމައެކަނި ހަށިގަނޑެއް ނޫނެވެ. މިމެޝިނުން ސިކުޑިވެސް ”ދޮވެ“ދެއެވެ. މިބަހީ މީހާ ނަފްސާނީ ގޮތުން ”ކާމް“ ކޮށްލުވައެވެ. މެޝިން ބޭނުންކުރާ މީހާ ޚާއްސަ ގޮނޑިއެއްގައި އިށީދެ އިންނަ އިރު، ގޮނޑީގައި ހުންނަ އިލެކްޓްރޯޑް ތަކުން ހަށިގަނޑުގެ ހުރިހާ ”ބައެލޮޖިކަލް“ މައުލޫމާތު ނަގައި ގަނެއެވެ. އަދި މިގޮތުންނަގާ މައުލޫމާތާ އެއްގޮތަށް ފެންގަނޑުގެ ފިނި ހޫނުމިން ކޮންޓްރޯލް ކުރެއެވެ.
ހަމަ އެއާއެކުއެކީ، ގޮޑީގައި ހުންނަ އޭއައި ސެންސަރުތައް ބޭނުން ކޮށްގެން، މީހާ ހުރީ ނަފްސާނީ ގޮތުން ހަމަޖެހިފައިތޯ ނުވަތަ ކަމަކާ ހާސްވެފައިތޯ އަދި ވުވަތަ ”އެކްސައިޓް“ ވެފަތޯ ދެނެގަނެއެވެ. އަދި މީހާ ”ކާމް“ ކޮށްދިނުމަށްޓަކާ އެވަގުތުގެ މެންޓަލް ހާލަތަކާ ގުޅޭ ޚާއްސަ ވީޑިއޯ ތަކެއް ދައްކަމުން ގެންދެއެވެ.
ކުންފުނިން ބުނާގޮތުގައި މިމެޝިން ބޭނުންކޮށްގެން 15 މިނެޓްތެރޭ މުޅި ހަށިގަޑު ދޮވެވި އަދި ނަފްސާނީ ހާލަތުވެސް ރަގަޅު ކޮށްލަދެއެވެ.
ހިއުމަން ދޮންނަ މެޝިން ގެ ޑިޒަނަކީ މީގެ 50 އަހަރު ކުރިންވެސް އެކުންފުނިން ބޭނުން ކުރި ޑިޒައިނެއް ކަމަށް ވެއެވެ. ނަމަވެސް އެފަހަރު ބަލްކް ކޮން އުފައްދާ މާކެޓް އަކާ ހަމަޔަށް ގޮސްފައެއް ނުވެއެވެ. މިފަހަރުގެ މެޝިން އަންނަ އަހަރުގެ އެޕްރިލްމަހު އޮސާކާގައި ފަށާ ވާލްޑް އެކްސްޕޯގައި ދައްކާލާނެއެވެ. އަދި މެޝިނުގެ އަޖުމަ ބެލުމަށް ބޭނުންވާ އެއްހާސް މީހުންނަށް އެފުރުސަތު ދޭނެ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް