އަސަދުގެ ގަނޑުވަރުންވެސް ފެނުނީ ލަގްޒަރީ ކާރުތަކުގެ ފްލީޓެއް

Loading

Facebook
Twitter
WhatsApp

ވެރިކަމުން ގަދަކަމުން ދުރުކުރެވި މިހާރު ގައުމު ދޫކުރައްވާ ފިއްލަވާފައިވާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ގަނޑުވަރަށް އިދިކޮޅު ހަނގުރާމަވެރިން ވަދެފައިވާއިރު އެތަނުން ވަރަށް ގިނަ އަދަދެއްގެ އަގުބޮޑެތި ކާރު ތައް ޖަމާކޮށްފައި ހުއްޓާ ފެނުނުކަމަށް ޚަބަރުތައް ބުނެއެވެ.

މީގެތެރޭގައި މާސިޑީސް، ޕޯޝް، ފެރާރީ އަދި އޮޑިސް ކާރުތައް ގިނަ އަދަދަކަށް ހުރިކަމަށް ވެއެވެ.

ވައިރަލް ވެފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ގަނޑުވަރަށް ވަން މީހުން ވަނީ ގަނޑުވަރުގެ ބޮޑު ގަރާޖުގައި ދެކޮޅަށް ދުވެ ހުރިހާ ތަނެއްބަލާ ފޮޓޯ ނަގާ ސެލްފީ ނަގާ ހަދާފައެވެ. ފޭރުމުގެ މަގުސަދުގައި ގަނޑުވަރަށް ވަން ފަރާތްތަކުން އެމީހަކަށް އަތުޖެހުނު އެއްޗެއް ވަނީ ގެންގޮސްފައި ކަމަށް ވެއެވެ. ފިރިހެނުން އަގު ބޮޑެތި ކުރެހުންތަކާ ފަރުނީޗަރު ގެންގޮސްފައިވާ އިރު އަންހެނުން ގިނައިން ގެންދިޔައީ ތެލި ތައްޓާ އަދި އެނދުގައި އަޅާ ބެޑްޝީޓް އަދި ޒީނަތްތެރި ކުރާ ސާމާނު ފަދަ ތަކެތި ކަމަށް ވެއެވެ.

ގިނަ އަދަދަކަށް މާބްލް ބޭނުން ކޮށްގެން ބިނާކޮށްފައިވާ، ބައްޝާރުގެ ބިޔަ ގަޑުވަރު ހުންނަނީ ވެރިރަށް ދިމިޝްގުގެ ރަށްބޭރު ހިސާބެއްގައެވެ. އެތަނަކީ ޑިކްޓޭޓަރެއްގެ ގޮއްމުށުގެ ވެރިކަން ރަމްޒުކޮށްދޭ ބިނާއެއްކަމަށް ދަ ގާޑިއަން ނޫހުންވެސް އެއްފަހަރު ސިފަ ކޮށްފައި ވެއެވެ.

އަސަދު، އާއިލާ ގޮވައިގެން ފިއްލެވުމަށް ފަހު ގަނޑުވަރު ފަޅަށް ހުއްޓާ ފެނިފައިވެއެވެ. އޭރު ހަތިޔާރު އެޅި ހުރިހާ ބާރުތަކުން ވަނީ ޔުނީފޯމް ބާލާ އަމާން ދީފައެވެ. 24 އަހަރު ވަންދެން ”އެމްޕެރަ“ އިން ތަކެއްހެން ބަޔަކު ދިރިއުޅެމުން އައި ގަނޑުވަރު އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށަށް ދިއުމުން އެމީހުންގެ ނަފްރަތު ގަނޑުވަރަށާ ގަނޑުވަރުގެ ތަކެއްޗަށް އޮއްސާލާފައި ވެއެވެ.

ގަނޑުވަރުގެ ތަންތަން ހޯދައި ބެލި މީހުންނަށް ބިންގަރާހެއްގައި ހުރި ގިނަ އަދަދެއްގެ ހަތިޔާރުހުރި އާމަރީ އެއްވެސް ފެނިފައިވާ ކަމަށް ވެއެވެ. މިތަނުގައި ގިނަ އަދަދެއްގެ ސަބް މެޝިން ބަޑިތަކާ އެމިއުނިޝަން ހުރިކަމަށް ވެއެވެ. އަދި މިތަކެތިން ބިރު ދައްކައިގެން ކިތަންމެ ދުވަހަކުވެސް ވެރިކަން ދެމެހެއްޓިދާނެ ކަމަށް ބައްޝާރުލް އަސަދަށް ހީވި ހީވުން މިވަނީ ނިމުމަކަށް އައިސްފައެވެ.

ހަތިޔާރު އާމަރީގެ އިތުރުން ފިލަން ވަންނަ ބިންގަރާސް ނެޓްވާކްއެއްވެސް ގަނޑުވަރުން ފެނުނު ކަމަށް ވެއެވެ.
އިދިކޮޅު ހަނގުރާމަވެރިން، އަސަދުގެ ގަނޑުވަރުގެ އިތުރުން ސެންޓްރަލް ބޭންކަށާއި އަދި ސަރުކާރު އިމާރާތްތަކަށްވެސް ވަދެފައިވެއެވެ. ބޭންކަށް ވަން މީހުން ގޯނިތަކުގައި ފައިސާއާއި ގަހަނާ ފަދަ ތަކެތި ގެންދާ ތަން އާންމު ވެފައިވާ ވީޑިއޯ ތަކުން ފެނެއެވެ. ވީޑިއޯ އާންމުކުރި އެކަކު ބުނެފައިވާ ގޮތުގައި ”އަސަދުގެ ގަނޑުވަރުން ޗަންދަލިޔާތައް ލޫޓުވަން ދިއުމުގެ ބަދަލުގައި ވިސްނޭ މީހުން ދިޔައީ ފައިސާއާއި ރަން ހޯދަން ސެންޓްރަލް ބޭންކަށެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް