ނިދާ ހެދުން

Loading

Facebook
Twitter
WhatsApp

އަހަރެން އެއްދުވަހަކު ރީތި ނިދާ ހެދުމެއް ގަންނަން ނިކުތީމެވެ. ގޭދޮށު ބައެއް ފިހާރަތައް ބަލާލިއިރު ރަގަޅު ހެދުމެއް ނުފެނުމުން ތަންކޮޅެއް ބޮޑު މޯލް އަކަށް ދިޔައިމެވެ. އެތަނަކީ މާރީތި ”ލިންގަރީ“ ނުވަތަ އަންހެނުން އަޑިންލާ އެއްޗެތި ހުންނަ ކަމަށް މަޝްހޫރު ތަނެކެވެ.

އެމޯލް އަށް ގޮސް އެބައި ހާވާލުމުން ކަމުދާ ހެދުމެއް ފެނިއްޖެއެވެ. ވަރަށް އުފަލުން ހެދުން ނަގައިގެން ފައިސާ ދެއްކުމަށްޓަކައި ކައުންޓަރާ ދިމާލަށް ދިޔައިމެވެ.
މީހުން ތަންކޮޅެއް ގިނަ ކަމުން ފައިސާ ދެއްކުމަށްޓަކާ އޮތީ ކިއު ހަދާފައެވެ. އަހަރެން ބަލާލިއިރު ކިއުގެ ތަންކޮޅެއް ފަހަތުގައި ވިއްސަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖަކުވެސް ހަމަ އަހަރެން ނެގި ވައްތަރުގެ ހެދުމެއް އަތަށް ލައިގެން ހުއްޓާފެނުނެވެ.އެހެން ވީމަ އަހަރެން އަދި މުސްކުޅިއެއްނުވޭތާއެވެ. މިހުންނަނީ ހަމަ ޒުވާނުންނާ އެއް ވިސްނުމެވެ.
ވަރަށް އުފަލުން އަހަރެން ޒުވާނާޔާ ދިމާލަށް ހީލުމަށް ފަހު ބުނީމެވެ. ”ދެމީހުންނަށް ނެގިފަ މިތިބީ އެއްކަހަލަ ހެދުމެއް ދޯއެވެ.“ މިހެން ބުނުމުން ޒުވާނާ ޖަވާބު ދިނެވެ. ”ލައްބައެވެ.އަޅުގަނޑު މިހެދުން ގަނެދިނީ އަޅުގަޑުގެ މާމަޔަށެވެ.“


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް