ސޮސެޖް ތެލުލުން

Loading

Facebook
Twitter
WhatsApp

ޒުވާން ފިރިހެނަކު އެއްދުވަހަކު އޭނާގެ އަންހެނުން ހެނދުނުގެ ސައި ތައްޔާރުކުރާތަން ބަލަން ހުއްޓެވެ. ސޮސެޖް ތެލުލަން ތައްޔާރު ވަމުންދިޔައިރު އޭނާޔަށް ފެނުނީ ޕޭން އަށް ލުމުގެ ކުރިން އަންހެނުން ކޮންމެ ސޮސެޖެއްގެވެސް ދެކޮޅު ބުރިކޮށްލާތަނެވެ.

ސައިގެ ކަންތައް ކުރިޔަށް ދިޔަވަގުތު ފިރިހެންމީހާ އަހާލިއެވެ. ”ކޮންމެ ސޮސެޖެއްގެ ދެކޮޅު ބުރިކޮށްލާފަ ހަދަނީ ކީއްވެގެން ހެއްޔެވެ؟“

މިހެން އެހުމުން އޭނާގެ އަންހެނުން ވިސްނާލާފަ ބުންޏެވެ. ”އެހެން ހަދާ ހަގީގީ ސަބަބެއް މަށަކަށް ނޭނގެއެވެ. މަގޭ މަންމަ ހަދާތީ ފެންނަގޮތަށް މަވެސް ހަދަނީއެވެ.“

އަނެއް ދުވަހު ދެމީހުން އަންހެންމީހާގެ މަންމަގެޔަށް ދިޔައެވެ. އަދި ބުންޏެވެ. ”މަންމަ ކައިރީ ވާހަކައެއް އަހާލަން އެބަޖެހެއެވެ. ސޮސެޖް ތެލުލާއިރު ކޮންމެ ސޮސެޖެއްގެ ދެކޮޅު ބުރިކޮށްލަނީ ކީއްވެގެންތޯއެވެ.“

މިހެން އެހުމުން މަންމަ ހީގެންފައި ބުންޏެވެ. އެހެން ހަދާ ގޮތެއް މަންމަޔަކަށްވެސް ނޭނގެއެވެ. މަންމަގެ މަންމަ، ދަރިފުޅުގެ މާމަ ހަދާތަން ފެންނަ ގޮތަށް ހަދަނީއެވެ.“

އެ ދެމަފިރިން އެ ގޭގައި ތިބިކަން އެނގިގެން މާމަ ފޯނު ކުރިއެވެ. މާމަޔާ ވާހަކަ ދައްކާލުމަށްފަހު އަންހެން މީހާ އެހިއެވެ. މާމަ ސޮސެޖް ހަދާއިރު ދެކޮޅު ބުރި ކޮށްލަނީ ކީއްވެގެންތޯއެވެ.

މިހެން އެހުމުން މާމަ ބުންޏެވެ. އެހެން ހަދާ ސަބަބެއް މާމަޔަކަށް ނޭގެއެވެ. މާމަގެ މަންމަ، ދަރިފުޅުގެ މުނިމާމަ އެހެން ހަދާތީ މާމަވެސް އެހެން ހަދަނީއެވެ.“

ކޮންމެ އަކަސް ސޮސެޖް ބުރިކުރާ މައްސަލަ ވަރަށް ބޮޑުވެއްޖެއެވެ. އެހެން ހަދާ ސަބަބު ހޯދަން އެބަޖެހެއެވެ. އެހެންކަމުން ދެމީހުން ނިންމީ ދަތުރެއް ހަދައިގެން އަންހެންމީހާގެ މުނިމާމަގެ ގެޔަށްވެސް ދާށެވެ. މުނިމާމަ ދެކެ ނުލާތާ ވަރަށް ދުވަސް ވެސް ވެފައިވުމާއެކު މުނިމާމަ ދެކިލުމަށާ އެކީއެވެ. ގޮސް މިވާހަކައިން ސުވާލު ކުރާށެވެ.

މުނިމާމަގެ ގެޔަށް ދިޔައިރު މުނި މާމަ އޮތީ އެނދުގައެވެ. އުމުރުން ދުވަސްވުމާއެކު ވަރުދެރަ ކަމުންނެވެ. ނަމަވެސް އަނެއްހެން ބޮޑު ބައްޔެއް ނެތެވެ. ސަލާންގަލާން ކޮށްހެދުމަށްފަހު ވާހަކަ ދައްކާލަން މުނިމާމަ ކައިރީ ދެމީހުން މަޑުކޮށްލިއެވެ. ގޭތެރޭގަ އުޅޭ މީހުން ސައި ހެދުމުން މާމަވެސް މަޑުމަޑުން ތެދުވެގެން އެމީހުންނާއެކު ސައިގައި ބައިވެރިވުމަށް އަޔެވެ. ސައިބޯން އިށީނދެ ތިބެ ދެއްކި ވާހަކައިގެ ތެރެއިން އަންހެން މީހާ ބުންޏެވެ. ”މުނިމާމަ ކުރެން ވާހަކައެއް އަހާލަން އެބަޖެހެއެވެ. ސޮސެޖް ތެލުލާއިރު ކޮންމެ ސޮސެޖެއްގެ ދެކޮޅު ބުރި ކޮށްލަނީ ކީއްވެގެން ހެއްޔެވެ؟ މަންމަ ކައިރީވެސް މާމަކައިރީވެސް އަހައިފީމެވެ. އެހެން ހަދާ ސަބަބެއް އެމީހުންނަކަށްވެސް ނޭނގޭ ކަމަށް ބުންޏެވެ.“

މިހެން އެހުމުން މުނިމާމަވެސް ހީގަނެފައި ބުންޏެވެ. ”މަޑު ކޮށްބަލާށެވެ. ކަލޭމެން އަދިވެސް ސޮސެޖްގެ ދެކޮޅު ބުރި ކުރަނީ ހެއްޔެވެ. މުނިމާމަ އޭރު އެހެން ހަދާ ގޮތަކީ އޭރު ގޭގައި އޮންނަ ސޯސްޕޭން ކުޑަކަމުން ސޮސެޖް އެއްކޮން އެޔަށް ނުލެވޭތީއެވެ.!!“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް