އެމެރިކާގެ ރައީސް ޖޯ ބައިޑަން،ދަރިކަލުން ހަންޓަރ ބައިޑަން އަށް މައާފު ދެއްވައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޖޯބައިޑަން އަށް ލިބިވަޑައިގަންނަވާ ޚާއްސަ ބާރުގެ ދަށުން އަމިއްލަ ދަރިކަލުން ހަންޓަރ ބައިޑަން އަށް މައާފް ދެއްވައިފި އެވެ. ހަންޓަރ ބައިޑަންގެ މައްޗަށް ވަނީ ލައިސަންސް ނެތި ބަޑި ގެންގުޅުއްވުމާއި ޓެކްސް ނުދެއްކެވުން އަދި ޑްރަގަސްގެ މައްސަލަ ތަކެއްގައި ކުށް ސާބިތުވެފައެވެ.އަދި ހުކުމް އިއްވުން އޮތީ މި މަހަށް ތާވަލް ކޮށްފައެވެ.


ރައީސް ބައިޑަން ކުރިން ވިދާޅުވެފައި ވަނީ ހަންޓަރ އަށް މައާފް ނުދެއްވާނެ ކަމުގައެވެ. ނަމަވެސް އާދީއްތަ ދުވަހުގެރޭ ބައިޑަން ވިދާޅުވެފައި ވަނީ ޝަރުއީ ނިޒާމަށް އިތުބާރު ކުރެއްވި ނަމަވެސް މިހާރު ގަބޫލުކުރައްވާގޮތުގައި ސިޔާސީ ނުފޫޒުގެ ސަބަބުން އިންސާފު ލިބުމުގެ މަގަށް ހުރަސްއެޅެމުންދެއެވެ.
ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް ވަނީ ބައިޑަންގެ ނިންމެވުމަށް ފާޑުވިދާޅުވެފައެވެ.އަދި މިއީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުން ކަމަށް ސިފަ ކުރައްވާފައެވެ.
ޖޯބައިޑަންގެ ރިޔާސީ ދައުރުގައި މިގޮތަށް މައާފް ދެއްވާފައި ވަނީ 26 ފަރާތަށް ކަމަށްވާއިރު، ޓްރަމްޕް ގެ ދައުރުގައި 143 ފަރާތަކަށް މައާފް ދެއްވާފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް