ލޯބިވެރިންގެ ހަމަލާގައި ކޮންމެ ދިހަ މިނެޓަކުން އަންހެނަކު މަރުވޭ – ޔޫއެން ރިޕޯޓް

Loading

November 30, 2024
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp


ހަޔާތުގެ ބައިވެރިން ނުވަތަ ލޯބިވެރިންގެ ހަމަލާތަކުން މަރުވަމުންދާ އަންހެނުންނާބެހޭ އަޖާއިބު ކުރުވަނިވި ތަފާސްހިސާބު ތަކެއް އދގެ ރިޕޯޓެއްގައި ހާމަ ކޮށްފިއެވެ. ދިގު ސްޓަޑީ އަކަށްފަހު އެކުލަވާލާފައިވާ ރިޕޯޓް ބުނާ ގޮތުން ފިރިމީހާ، ލޯބިވެރިޔާ އަދި ނުވަތަ އާއިލާގެ ގާތްތިމާގެ މީހެއްގެ ހަމަލާއިން ކޮންމެ ދިހަ މިނެޓަކުން އަންހެނަކު މަރުވަމުންދެއެވެ.


މީގެ މާނަޔަކީ ގަޑިޔަކު 6 އަންހެނުން،ކޮންމެ ދުވާލަކު140 އަންހެނުން، އެމީހުންދެކެ ލޯބި ވާކަމަށް ގަބޫލުކުރެވޭ މީހުންގެ ސަބަބުން މަރުވާކަމުގައެވެ.
ފާއިތުވި އެއްއަހަރުދުވަހުގެ މައްޗަށް ބަލާ އދގެ ޔޫއެންއޯޑީސީ އިން އެކުލަވާލާފައިވާ ރިޕޯޓް ބުނާގޮތުން މިމުއްދަތުގައި އެކަނިވެސް ހަޔާތުގެ ބައިވެރިޔާ ނުވަތަ އާއިލީ މެމްބަރެއްގެ ހަމަލާތަކުން 51،000އަންހެނުން ވަނީ މަރުވެފައެވެ.
”ފެމިސައިޑް“ އަކީ އަންހެނަކަށްވީތީ އިހާނެތިކުރެވި މަރާލެވޭ ލެވުން ކަމަށްވާއިރު،ރިޕޯޓަށް ދީފައިވާ ނަމަކީ ”ފެމިސައިޑްސް 2023“ އެވެ. ރިޕޯޓް ބުނާ ގޮތުން 2023 ވަނަ އަހަރު 85ހާސް ފެމިސައިޑް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.މީގެ ދެބައިކުޅައެއްބައި ކޭސްތަކުގައި އަންހެނުން މަރާފައިވަނީ ހަޔާތުގެ ބައިވެރިޔާ ނުވަތަ އާއިލާގެ ގާތް މީހެކެވެ. އެންމެ ގިނަ އަންހެނުން މަރުވެފައިވަނީ އެފްރިކާގައެވެ. މިގޮތުން އެފްރިކާގައި 21،700 އަންހެނުން ވަނީ މަރާފައެވެ.ދެވަނަޔަށް އެންމެ ގިނަ އަންހެނުން މަރާފައިވަނީ އޭޝިޔާގައެވެ.އެއީ 18،500މަރެވެ.8،300 މަރާއިއެކު ތިންވަނައިގައި އެމެރިކާ އުޅޭއިރު ޔޫރޮޕްގެ ގައުމު ތަކުގައިވެސް 2023 ވަނަ އަހަރު 2،300 އަންހެނުން މަރާފައިވާކަމަށް ރިޕޯޓް ބުނެއެވެ.
ލޯބިވާ ފިރިހެނުން، އަންހެނުންނަށް އަނިޔާ ކުރާކަމަށްބުނެ ކުރެވޭ ރިޕޯޓްތައް ގިނަކަމާއެކު އެފަދަ އަނިޔާތަކުން މަރުވާ މީހުންގެ އަދަދުތައް މިގޮތަށް ހުރުމުން ހައިރާން ނުވާކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.
ވިއޯން ޗެނެލް ބުނާގޮތުން މީގެ ދެ ކޭސް މިހަފްތާގައިވެސް އިންޑިޔާގައި ފެންމަތިވެފައިވެއެވެ.ޖާކާންދް ސްޓޭޓަށް ނިސްބަތްވާ ފިރިހެނަކު އޭނާގެ ޕާޓްނަރު ގެ ކަރުގައި ހިފާ މަރާލުމަށްފަހު ހަށިގަނޑުވަނީ 40-50 ބަޔަށް ކޮށާލާފައެވެ. މިމީހާއަކީ އެއްގަމު މަސް ކޮށާ/ ވިއްކާ ހަދާމީހަކަށްވާއިރު މިމަރުގެ ހަބަރު ފަޅާނާރާ 15ވަނަރަކަށް ދުވަސްވީކަމަށް ވެއެވެ.ކޮށާލި ހަށިގަނޑުގެ ބައެއްފެނިފައިވަނީ ނޮވެމްބަރު 24 ވަނަ ދުވަހު މަގުމަތީ އުޅުނު ކުއްތާ އަކަށް ކަމަށް ވެއެވެ.
އުމުރުން 24 އަހަރުގެ އަންހެން ކުއްޖާ، ނަރޭޝް ބެންގްރާ ނަމަކަށް ކިޔާ ފިރިހެންމީހާ އާއި އެކު އެއްތަނެއްގައި ޓެމިލްނާޑޫގައި ދިރިއުޅެމުންދާތާ އެތައް އަހަރެއްވެއްޖެ ކަމަށް ވެއެވެ.ނަމަވެސް އަންހެން ކުއްޖާޔަށް ނޭނގި ނަރޭޝް،ޖާކާންދް އިން އެހެން މީހަކާ އިންކަމަށް ވެއެވެ. ނަރޭޝް އަންހެންކުއްޖާ މެރުމަށްފަހު ކޮށާލީ ޖާކާންދް ގެ ޖަންގަލިތެރޭގަ ކަމަށް ވެއެވެ. އެއީ އޭނާގެޔަށް އަންހެންކުއްޖާ ނުގެންދަންވެގެން ކަމަށްވެއެވެ.
ދެވަނަ ހާދިސާގައި އާސާމްސްޓޭޓްގައި، ސޯޝަލްމީޑިޔާ މެދުވެރިކޮށް މީގެ ހަމަސްދުވަސް ކުރިން ބައްދަލް ވި މާޔާ ކިޔާ އަންހެނަކާ އާރަވް ކިޔާ ފިރިހެނަކު ބެންގަލޫރުގެ އެޕާޓްމަންޓެއްގައި ނޮވެމްބަރު 23 ވަނަ ދުވަހު ބައްދަލް ކޮށްފައި ވެއެވެ. އެތަނުގައި އާރަވް އަންހެން މީހާޔަށް ވަޅިން ހަމަލާދީ މަރާލުމަށްފަހު ދެދުވަސްވަންދެން އެކޮޓަރީގައި އެހަށިގަނޑާއެކު ހުރިކަމަށް ވެއެވެ.އަދި ނޮވެމްބަރު 26 ވަނަ ދުވަހު އެތަނުން ނިކުމެގެން ގޮސްފައި ވާކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް