އެ ރޭލު ދަތުރު

Loading

Facebook
Twitter
WhatsApp

ބުރަކޮށް އޮފީހުގައި އުޅުމަށްފަހު ޒުވާން އަންހެނަކު އެއްދުވަހަކު ގެއަށް ދިއުމަށްޓަކައި ރޭލަށް އަރާ ހަމަޖެހިލިއެވެ. ބައިގަޑިއެއްހާއިރުގެ ދަތުރުގައިވެސް ލޯމަރާލުމުގެ އުންމީދުގައެވެ.


ނަމަވެސް އޭނާގެ އުންމީދު ހާސިލް ވާގޮތެއް ނުވިއެވެ. ރޭލަށް އަރާ އޭނާއާއި ޖެހިގެން އިށީން ފިރިހެނަކު އޭނާގެ އިހުސާސްތަކަށް ބަލާލުމެއް ނެތި ބާރު ބާރަށް ފޯނުން ވާހަކަ ދައްކަން ފެށުމުންނެވެ. ނުވަތަ އޭނާގެ އަންހެނުންނާ ޒާތެއްގެ ޒުވާބެއް ކުރަން ފެށުމުންނެވެ.
ފޯނު ނެގުމަށްފަހު ފުރަތަމަ އޭނާ ބުނީ ”ހައި ސްވީޓީ އެވެ.އަހަރެން ގެޔަށް ދިއުމަށް ދަތުރު މިފެށީއެވެ.“ މިހެން ބުނުމުން އޭނާގެ އަންހެނުން ފުރަތަމަ ކުރި ސުވާލުގެ ޖަވާބުގައި އޭނާބުންޏެވެ.“އާނއެކެވެ.އިނގެއެވެ. އޮފީސް ނިމޭގަޑިއަށް ވުރެ ދެގަޑިއިރު ލަސްވެއްޖެއެވެ.އެކަމަކު މިއަދު ނިންމާ މީޓިންގ މާދިގުލައިގެން ދިޔައިއެވެ.“ އެއާއެކު އަންހެނުން ކުރާ ޝައްކަކަށް ޖަވާބުދިނެވެ.“ނޫނެކެވެ.އޮފީސްގަޑި ނިންމާފަ އައިޝާ ގެ ގެޔަށް ދިޔައީކީ ނޫނެވެ.އަހަރެން އިނީ ހަމަ ބޮސްއާއެކު ބޮސްގެ އޮފީހުގައެވެ.އަހަރެން ގެ ހަޔާތުގައި އެހެން އަންހެނަކު ނުހުންނާނެއެވެ. އެޔަގީންކަން ދެމެވެ.“
މިގޮތަށް ބާރުބާރަށް އޭނާ އަންހެނުންނާ ވާހަކަ ދައްކަމުންގެންދިޔައެވެ. ނުވަތަ އަންހެނުންގެ ސުވާލު ތަކަށް ޖަވާބު ދެމުން ގެންދިއެވެ.ވަށައިގެންވާ މިހުންނަށް ބަލާލުމެއް ނެތިއެވެ.މިކަމާހެދި އެންމެންވެސް ތިބީ ވަރަށް ބޮޑަށް ފޫހިވެފައެވެ.
މިގޮތަށް ދަތުރުގެ 15ވަރަކަށް މިނިޓް ހޭދަވުމުން އަންހެން މީހާއަށް އިތުރަށް ކެތެއް ނުވިއެވެ.ފިރިހެންމީހާގެ ފޯނާކައިރިއަށްގުދު ވެލާފައި ބާރަށް ބުންޏެވެ. ”ލޯބީ ދެން ފޯނު ބާއްވާފައި އަހަރެން ކައިރިޔަށް އެނދަށް އަންނާށެވެ.މިހާރު ފޯނުގައި މާގިނަ އިރު ވެއްޖެއެވެ.“
އޭނާ މިހެން ބުނުމުން ފިރިހެންމިހާގެ މޫނު ވަގުތުން ރަތް ވެގެން ދިޔައެވެ. އަދި ކުއްލިއަކަށް ފޯނު ބޭއްވިއެވެ. އެއާއެކު ރޭލުގަ ވަށައިގެން ތިބި އެންމެން ހޭންފެށިއެވެ.
އެދުވަހުގެ ފަހުން އޭނާ ރޭލުގަ ބާރަށް ފޯނުން ވާހަކަ ނުދައްކާ ކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް