ވާގިނެތިފައި އޮއްވާ 6އަހަރުވަންދެން އަނބިމީހާ ބެލިފަހުން ރަނގަޅުވުމުން އަނބި މީހާ ވަރިކޮށް އެހެން މީހަކާ އިން މެލޭޝިޔާގެ ފިރިހެނަކަށް ނަފްރަތު ގެ ބަސްތައް އޮހެން ފަށައިފިއެވެ. އެކްސީޑެންޓަކަށް ފަހު ފިރިމީހާއަށް ގުޑިވެސް ނުލެވޭ ވަރަށް ވާގިނެތުމުން ހައަހަރުވަންދެން އަނބިމީހާ ބަލަހައްޓާ ރަނގަޅު ވީތާ އެއްހަފްތާތެރޭ އޭނާވަނީ އެހެންމީހަކާ ކައިވެނި ކޮށްފައެވެ.
މެލޭޝިޔާގެ ސިންޗޫ ޑެއިލީ ނޫހާ ހަވާލާދީ ވިއޯން ޗެނެލުން ހާމަކޮށްފައިވާ ގޮތުގައި ނޫރުލް ސިއަޒްވާނީ ކިޔާ އަންހެން މީހާ އޭނާގެ ފިރިމީހާއާއި ކައިވެނި ކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.އަދި ފުރަތަމަ ދެއަހަރު އުޅުނީ ދެމީހުން ދެތަނެއްގައެވެ.މިކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ.
ކުރިމަތިވި ކާރު އެކްސީޑެންޓެއްގައި ފިރިމީހާއަށް އެނދުން ވެސް ނުތެދުވެވޭ ވަރަށް ހަށިގަނޑުން ވާގި ނެތުމުން ހުރިހާ ކަމެއް ކޮށްދީ ބެލެހެއްޓީ އޭނާގެ އަންހެނުން ކަމަށް ވެއެވެ. މިގޮތުން ނޭފަތަށް ހޮޅިލައްވައިގެން ކާން ދިނުމާއި ޑައެޕަރު ބަދަލު ކުރުމާއި އަދި ފެންވަރުވާ މިކަހަލަ ހުރިހާކަމެއް ކޮށްދިނީ އޭނާގެ އަންހެނުން ކަމަށް ވެއެވެ.
2019 ވަނަ އަހަރުން ފެށިގެން ނޫރުލް ގެންދިޔައީ އޭނާގެ ތަޖުރިބާތައް ފޭސްބުކްގައި ހިއްސާ ކުރަމުން ކަމަށް ވެއެވެ.އަދި ގިނައަދަދެއްގެ ފޮލޮވަރުން ވަނީ އެއްކޮށްފައެވެ.އޭނާގެ ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގައި ފިރިމީހާ ބަލަހައްޓަމުން ދާއިރު ފިރިމީހާ ކެއްސާލިއަސް އޭނާ ހުންނަނީ ބިރުންނެވެ. އަދި ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުވާ ތެރަޕީ ދީހަދާކަމަށް ނޫރުލް ބުނެފައި ވެއެވެ.އަދި ބައެއްފަހަރު އޭނާ އަރާމު ކޮށްލުމަށް ވަގުތު ދިނުމަށްޓަކައި އޭނާގެ އާއިލާގެ މެމްބަރުންވެސް އެހީވާ ކަމަށް ބުނެފައި ވެއެވެ.
މިގޮތަށް މިޕޯސްޓް ތައް ކުރިޔަށް ދަނިކޮށް ދާދި ފަހުން ނޫރުލް ވަނީ އޭނާގެ ފިރިމީހާ އެހެން އަންހެނަކާ ކައިވެނިކުރި ވެޑިންގފޮޓޯ ހިއްސާ ކޮށްފައެވެ. ފިރިމީހާއަށް މަރުހަބާ ކިޔަމުން ފޮޓޯ ގެ ކެޕްޝަން ގެ ގޮތުގައި އޭނާ ލިޔެފައިވެއެވެ.“އިޚްތިޔާރުކުރި އައު އަނބިމީއާއި އެކު އުފަލުން އުޅޭނެ ކަމަށް އުންމީދު ކުރަމެވެ. އައިފާ އައިޒަމް އެވެ.އަހަރެން ފިރިމީހާބެލިގޮތަށް ތިބާވެސް ބަލަހައްޓާނެކަމަށް ހީކުރަމެވެ.އަހަރެންގެ ދައުރު މިނިމުނީއެވެ.މިހާރު ތިޔަވަނީ ތިބާއާއި ހަވާލު ވެފައެވެ.“ އޭނާ ބުނެފައި ވެއެވެ.
މިޕޯސްޓާ ގުޅިގެން އޭނާގެ ފޮލޮވަރުން ވަނީ ނޫރުލްގެ ފިރިމީހާ ދެކެރުޅި އައިސް ކޮމެންޓްތައް ކޮށްފައެވެ.ނަމަވެސް ނޫރުލްވަނީ އެކޮމެންޓްތައް ޑިލީޓް ކޮށްފައެވެ.
އެހެން ޕޯސްޓެއްގައި ނޫރުލް ހާމަ ކޮށްފައިވާ ގޮތުގައި އެނާ އާއި އޭނާގެ ފިރިމީހާ ވަނީ އޮކްޓޯބަރު 6ވަނަ ދުވަހު ވަރިވެފައެވެ.އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އެމީހުންނަށް ލިބިފައިވާ ދަރިފުޅު ބަލަހައްޓާނީ ދެމީހުން ގުޅިގެންނެވެ.އަދި ކޮންމެ ކަމެއްވެސް ވަނީ ސަބަބަކާ ގުޅިގެން ކަމަށާ އެމީހުންގެ ނިންމުން ކުށްވެރިކޮށް ކޮމެންޓް ނުކުރުމަށް އޭނާ ފޮލޮވަރުންގެ ކިބައިން އެދިފައި ވެއެވެ.
ފިރިމީހާގެ ކައިވެންޏަށް ނޫރުލް ގެ މައްސަލައެއްނެތް ނަމަވެސް އޭނާގެ ފޮލޮވަރުން ގެ ރުލިގަޑު ހުރީ ވަރަށް މަތީގައެވެ. އޭނާއަކީ ޝުކުރުވެރި ނުވާ މީހެއް ކަމަށާ ހިތެއް އޮތް މީހަކު އެގޮތަށް ކަންތައް ނުކުރާނެ ކަމަށް ފޮލޮވަރުން ބުނެފައި ވެއެވެ.