މިދިޔަ ޖޫން މަހު ޕީއެސްއެމުން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު 19.1 މިލިއަން ރުފިޔާ ހަވާލުކޮށްފިތޯ ސުވާލު ކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފިއެވެ
މިކަމާއި ގުޅޭގޮތުން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ނިންމާފައިވީ ނަމަވެސް ފޮރިން މިނިސްޓްރީން މިދިޔަ އޮގަސްޓު މަހު ވަނީ އެ ފައިސާ އދ. ގެ ޖަމިއްޔާ އަންރުއާ އާ ހަވާލުކޮށްފައިވާ ކަން ހާމަކޮށްފައެވެ.
އެގޮތުން މިކަމާއި ގުޅިގެން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
މީކާއިލް، މިނިސްޓަރު ހަލީލްއާކުރާ ސުވާލުގައި އެ ފައިސާ ފަލަސްތީން ރައްޔިތުންނަށް ރައްދު ކުރެވޭނެ ތާރީހެއް ސާފުކޮށްދެއްވުމަށް އެދިފައި ވެއެވެ.