ދުނިޔޭގައިވެސް ޔޫއެސްޑޮލަރަށް ބަރޯސާވުން ނިމުމަކަށް އަންނަނީތަ؟

Loading

Facebook
Twitter
WhatsApp

ދުނިޔޭގައި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ފަސް ގައުމު ކަމަށްވާ ބްރެޒިލް ރަޝިޔާ، އިންޑިޔާ، ޗައިނާ، އަދި ސައުތު އެފްރިކާ،މިފަސް ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ އަގުގެ 65 އިންސައްތަ،ޔޫއެސްޑޮލަރުގެ ބަދަލުގައި އެގައުމެއްގެ އަމިއްލަ ފައިސާއިން ދެއްކޭގޮތަށް ނިންމައިފިއެވެ.


މިނިންމުން ފައިނަލް ކުރާގޮތަށް ހަމަޖެހިފައިވަނީ ،މިމަހުގެ 20ން 22ރަޝިޔާގެ ކަޒާން ގައިބައްވާ، މިފަސް ގައުމު ގުޅިގެން އުފައްދާފައިވާ ގްރޫޕް ”ބްރިކްސް“ ގެ ވެރިންގެ ސަމިޓް ބައްދަލްވުމުގައެވެ. މިސަމިޓް ބައްދަލްވުން ޗެއާ ކޮށްދެއްވާނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއެވެ.
”ބްރިކްސް“ ގްރޫޕްގެ ނިންމުމާއި ގުޅިގެން މިހާރުން ފެށިގެންވެސް މެމްބަރު ގައުމުތަކުގައި ޔޫއެސް ޑޮލަރު އަދި ޔޫރޯ ބޭނުން ކުރުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިކަމަށް ޚަބަރުތައް ބުނެއެވެ.


މިނިންމުމަކީ ޔޫއެސްޑޮލަރާ އެކުއެކީ ޔޫރޯ ފަދަ ހުޅަގުގެ ނުފޫޒު އޮންނަ ފައިސާ އަށް ބަރޯސާ ވުމާ ދުރަށް އެޅޭނެ ފިޔަވަޅެކެވެ.
ބްރިކްސް ގައުމުތަކުގެ އާބާދީ 3.5 ބިލިއަން އަށް އަރައެވެ.މިއީ މުޅި ދުނިޔޭގެ އާބާދީގެ 45 އިންސައްތައެވެ. އަދި މިގައުމުތަކުގެ ޖީޑީޕީ މުޅިދުނިޔޭގެ ޖީޑީޕީގެ 25 އިންސައްތަޔަށް ވުރެވެ އިތުރެވެ. އެހެން ކަމުން ”ބްރިކްސް“ ގައުމުތަކުން އެކަނިވެސް ޔޫއެސްޑޮލަރު ބޭނުން ކުރުން ދޫކޮށްލައިފިނަމަ އެމެރިކާގެ ގިނަ ސެކްޓަރުތަކަކަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.
ޔޫއެސްޑޮލަރާ ދުރަށް ދިއުމުގެ އެޖެންޑާ ވައިގަ ހިފާގޮތްވީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިން އަށް އެރުމާއި ގުޅިގެން އެމެރިކާއިން ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ތެދުވި ހަމައިންނެވެ.އޭރު ރަޝިޔާ އާއި ޗައިނާ ގުޅިގެން ވަނީ އެދެގައުމުގެ މެދުގައި ކުރެވޭ ޓްރާންސެކްޝަންތަކަށް އަގުދެއްކުމުގައި ޔޫއެސް ޑޮލަރުގެ ބަދަލުގައި އެދެގައުމުގެ ފައިސާ ބޭނުން ކުރުމަށް ނިންމާފައެވެ.މިއާއެކު އެތައް ގައުމު ތަކަކުން އައީ އެހެން ގައުމުތަކުގައި އެގައުމެއްގެ އަމިއްލަ ފައިސާ ބޭނުން ކުރުމަށް ތާއީދުކޮށް އެކަމަށް އެއްބާރުލުން ދޭނެކަން ފާޅުކުރަމުންނެވެ.
”ބްރިކްސް“ ގްރޫޕްގައި ހިމެނޭ ފަސްގައުމުގެ މެދުގައި ވިޔަފާރީގެ އަގުގެ 65 އިންސައްތަ އެގައުމެއްގެ އަމިއްލަ ފައިސާ އިން ހަމަޖައްސާގޮތަށް ނިންމާ މިހާރުވެސް އެނިންމުމަށް އަމަލު ކުރަން ފަށާފައިވާ ކަން،ގްރޫޕްގެ މިދައުރުގެ ޗެއާ ރަޝިޔާގެ ފައިނޭންސް މިނިސްޓަރ އެންތަން ސިލުއާނޯވް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.އޭނާ ވިދާޅުވީ ރަޝިޔާއިން ”ބްރިކްސް“ ގައުމުތަކާއެކު ކުރާ މާލީ މުއާމަލާތު ތަކުގައި އަގުގެ 65 އިންސައްތަ މިހާރުވެސް ދައްކަނީ ރަޝިޔާގެ ފައިސާ ރޫބްލްސް އިން ކަމުގައެވެ. އަދި ޔޫއެސް ޑޮލަރާ ޔޫރޯފަދަ ކަރަންސީ ބޭނުން ކުރާ މިންވަރު މިހާރު 30 އިންސަތަޔަށް ވުރެ ދަށަށް ގޮސްފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
”ބްރިކްސް“ ގްރޫޕްގެ މެމްބަރުންގެ އަދަދު އިތުރު ކުރުމަށް ވެސް ވަނީ މިދިޔަ އަހަރު ނިންމާފައެވެ.މިގޮތުން އާޖެންޓީނާ، އީޖިޕްޓް،އީރާން،އިތިއޯޕިއާ،ސައޫދީ އަރަބިއްޔާ އަދި ޔުނައިޓަޑް އެރޭބް އެމިރޭޓްސް ވެސް ”ބްރިކްސް“ ގްރޫޕާ ގުޅޭނެކަން ވަނީ އެންމެ ފަހުން ދެކުނު އެފްރިކާގައި ބޭއްވި ސަމިޓް ބައްދަލް ވުމުގައި އިއުލާން ކޮށްފައެވެ.މިންމުމަށް ޔޫއޭއީގެ ލީޑަރު ޝެއިހް މުހައްމަދުބިން ޒައިދް އަލް ނަހްޔާން،މިސްރުގެ ރައީސް އަލްސީސީ،އިތިއޯޕިއާގެ ޕްރައިމިނިސްޓަރ އަބީ އަހުމަދު އަދި އާޖެންޓީނާގެ ރައީސް އަލްބާޓޯ ފާނަންޑޭޒް ވަނީ މަރުހަބާ ވިދާޅުވެ ބަޔާންތައް ނެރުއްވާފައެވެ.
”ބްރިކްސް“ ފުޅާކުރަން ނިންމި ނިންމުމަކީ ވަރަށްވެސް ތާރީޚީ ނިންމުމެއް ކަމުގައި ޗައިނާގެ ރައީސް ޝީޖިންގޕިން ވެސް ވަނީ އެ ސަމިޓްގައި ވިދާޅުވެފައެވެ.ޝީވިދާޅުވި އަޚްވަންތަ ކަމާއި ތަރައްގީ ހާސިލް ކުރުމަށް ”ބްރިކްސް“ ގެ ކިބައިގައިވާ ވަރުގަދަ އަޒުމް މިނިންމުމުން ދައްކާދޭ ކަމުގައެވެ.
.ބްރިކްސް“ އެންމެ ފަހުން ފުޅާ ކޮށްފައިވަނީ 2010ވަނަ އަހަރު ސައުތު އެފްރިކާ އެގްރޫޕާ ގުޅުމުންނެވެ.އެއީ ގްރޫޕް އުފެއްދިތާ އެއް އަހަރު ފަހުންނެވެ ”
”ޑީ-ޑޮލަރައިޒޭޝަން“ ނިންމުމަށް ތާއީދު ކުރާކަން ތަރައްގީވަމުން އަންނަ އިތުރު އެތައް ގައުމަކުން ވެސް ވަނީ ފާޅުކޮށްފައެވެ. އެހެން ކަމުން ދުނިޔޭގައި ދާދި އަވަހަށް ޔޫއެސްޑޮލަރުގެ ބޭނުން ނެތިގެން ހިނގައިދާނެކަމަށް ދަނީ ބެލެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް