ކޮންމެވެސް ރަށެއްގައި ވަރަށް ދަހި މީހަކު އުޅުނެވެ.މިމީހާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކޮށް ފައިސާ ޖަމާކުރުމަށް ލޯބިކުރި މީހެކެވެ.ނަމަވެސް އޭނާ އެއްކުރާހާ ގިނަ ފައިސާ ޚަރަދު ކުރަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ.ފައިސާ އަތުގަ ޖަމާކޮށްފަ ބެހެއްޓުމަށް ލޯބިކުރިވަރުން އޭނާގެ ފަރާތުން އެއްވެސް މީހަކަށް އެހީއެއްލިބުމަކީ އަދި އަމުދުން ވީކަމެއް ނޫނެވެ.
މިކަމުގެ ސަބަބުން އޭނާގެ އަންހެނުންނަށްވެސް އޮތީ ދިރިއުޅުން ވަރަށް ބޮޑަށް ދަތިވެފައެވެ.ކެއިން ބުއިމަށާ ގޭތެރޭގައި ހިފާގެންގުޅޭ އެއްޗެތި ގަތުން ކަހަލަ ކަންތަކަށް ފައިސާ ޚަރަދު ކުރުން އޮންނަނީ ވަރަށް ބޮޑު ދަތިކަމެއްގެ ގޮތުގައެވެ.އެމީހާ ފައިސާ ހިފަހައްޓާ ވަރުންނެވެ.
ދަހިމީހާ އެންމެ ފަހުން އޭނާގެ އަނބިމީހާޔަށް ވަސިއްޔަތެއްވެސް ކޮށްފިއެވެ.އަނބިމީހާޔަށްވުރެކުރިން އޭނާ މަރުވެއްޖެނަމަ އޭނާގެ ހުރިހާ ފައިސާ އޭނާގެ ސަންދޯކަށް އަޅާ ދިނުމަށެވެ.އަނެއް ދުނިޔެއަށްވެސް ދާން ބޭނުންވަނީ ފައިސާތައް ހިފައިގެން ކަމަށް ބުނެއެވެ. އަދި މިހެން ބުނިކަމަށް ހެކިކޮށް އާއިލާގެ މީހެއްގެ ހާޒިރުގައި އަބިމީހާ ލައްވާ ”ހުވާ“ ވެސް ކުރުވައިފިއެވެ.
މިހެން އުޅެނިކޮށް ކުއްލި ބައްޔެއްގައި ދަހިމީހާ މަރުވެއްޖެ އެވެ. އޭނާގެ ޖަނާޒާގެ ކަންތައް ކުރިޔަށް ގެންގޮސް އެންމެ ފަހުން މީހާ ސަންދޯކަށްލާ މަތި އަޅަން އުޅެނިކޮށް އަންހެން މީހާ ބުންޏެވެ.އަދި މަޑުކޮށްލާށެވެ. މިހެން ބުނުމަށްފަހު ތެދުވެގެންގޮސްފަ އައީ ބޫޓުލާކަހަލަ ފޮއްޓެއް ހިފައިގެންނެވެ.އައިސް ސަންދޯކުގެ ފައިކޮޅަށް ފޮށިލުމަށްފަހު ސަންދޯއް ބަންދު ކުރުމަށް އެދުނެވެ. އެއަށްފަހު ވަޅުލުމަށްޓަކާ ސަންދޯއް ގެންގޮސްފިއެވެ.
ފޮށި ސަންދޯކަށް ލީތަން ބަލަން ހުރެފަ އެއްކަލަ އެކުވެރި ހެކިވެރިޔާ ބުންޏެވެ. ކަލޭވެސް ތީ އޭނަވަރުގެ މޮޔައެއްތާއެވެ. އެމޮޔަކަލޭގެ އެދުނު ގޮތަށް ހުރިހާ ފައިސާތައް އަނެއްކާ ސަންދޯކަށް ލީހެއްޔެވެ؟ ބުނީމަ އަންހެން މީހާ ބުންޏެވެ. އާނ އަހަރެން ހުވާ ކޮށްފަ ވައުދުވީ ގޮތަށް ކަންތައް ކުރަން ޖެހޭނެ ނޫންހެއްޔެވެ.އަހަރެންނަކީވެސް އަޅުވެރި ދީންވެރި މީހަކީމެވެ. އެހުރިހާ ނަގުދު ފައިސާ ސަންދޯކަކަށް ނޭޅޭނެ ނޫންހެއްޔެވެ. އެހެންވެ އަހަރެން ފައިސާތައް އަހަރެންގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެއަދަދަށް އޭނާޔަށް މިދިނީ ޗެކެކެވެ.