ރައީސް ޕޫޓިން އީރާންގެ ރައިސްއާ ތުރުކްމެނިސްތާން ގައި ބައްދަލް ކުރައްވަނީ

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގައި މިހާރު ބަދަލު ކުރަމުންދާ ހަމަލަތަކާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އީރާންގެ ރައީސް މައްސޫދު ޕެޒެޝްކިއާން އާއި ބައްދަލް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ބައްދަލް ކުރެއްވުން އޮންނާނީ ސެންޓްރަލް އޭޝިއާގެ ގައުމެއް ކަމަށްވާ ތުރުކްމެނިސްތާން ގައި އަންނަ ހުކުރުދުވަހު ބާއްވާފޯރަމް އެއްގެ އަރިމަތީގައެވެ.
ރައީސް ޕޫޓީންގެ އެއިޑް ޔޫރީ އުޝަކޯވް ހާމަކޮށްފައިވާ ގޮތުގައި މިބައްދަލް ކުރެއްވުން އޮންނާނީ ތުރުކްމެނިސްތާން ގެ މަޝްހޫރު ޅެންވެރިއެއްގެ މަސައްކަތް ތައް ފާހަގަ ކުރުމަށް އަޝްގަބާތުގައި ބާއްވާ ފޯރަމް އަށް ވަޑައިގެންނެވެ. މިއީ ދެގައުމަށްވެސް ބައިލެޓަރަލް މައްސަލަ ތަކާ މެދުއިރުމަތީގެ މައްސަލަ ތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް އެއިޑް ބުނެފައިވެއެވެ.
ސެންޓްރަލް އޭޝިޔާގެ ގައުމުތަކުގެ ލީޑަރުން އަޝްގަބާތު ގައި ބައްދަލް ކުރައްވަނީ 18 ވަނަ ގަރުނުގައި އުފަންވި ޅެންވެރިއެއްގެ 300ވަނަ އުފަން މީލާދު ފާހަގަ ކުރުމަށެވެ. ރައީސް ޕޫޓިން މިބައްދަލްވުމުގައި ބައިވެރިވެ ވަޑައިގަންނަވާކަން ކުރިން އިއުލާން ކޮށްފައެއް ނުވެއެވެ.
ރަޝިޔާގެ ޕްރައިމިނިސްޓަރ މީޚާއިލް މިޝުސްތީން ވެސް ވަނީ މިދިޔަހަފްތާގައި އީރާނަސް ޒިޔާރަތް ކުރައްވާރައީސް ޕެޒެޝްކިއާން އާއި ފަސްޓް ވައިސް ޕްރެޒިޑެންޓް މުހައްމަދު ރިޒާ އާރިފް އާއި ބައްދަލް ކުރައްވާފައެވެ.


އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތައް އިތުރުކޮށް ވަރުގަދަ ކުރަމުން ދާތީ އެގައުމުގައިތިބި ރަޝިޔާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ރަޝިޔާއިން އީރާނާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނައިރު ހުޅަގުގެ ގައުމުތަކުން ބުނާ ގޮތުގައި މޮސްކޯއަށް ޑްރޯން އަދި މިސައިލް ފޯރުކޮށްދެމުންދަނީ އީރާނުންނެވެ.ނަމަވެސް އީރާނުން މިކަން ދޮގުކުރެއެވެ.
”ބްރިކްސް“ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޕެޒެޝްކިއާން ވެސް މިމަހު ރަޝިޔާއަށް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް