ސްރީލަންކާގެ އައު ސަރުކާރު އައިފަހުން ރާއްޖެއާއެކު އޮތް ގުޅުން ހީނަރުވަނީތަ؟

Loading

Facebook
Twitter
WhatsApp

ސްރިލަންކާގެ އައު ސަރުކާރު އައިފަހުން ދިވެހިރާއްޖެއާއެކު އޮތް ގުޅުންތަކަށް ބުރޫއަރަން ފަށާފައިވާ ކަމަށް ”ލަންކާޓްރުތު“ ނޫހުން ބުނެފިއެވެ. ނޫހުގައި ބުނެފައިވާ ގޮތުން މިގޮތަށް ދިމާވަނީ ރާއްޖޭގައި އުޅޭ ސްރީލަންކާގެ ރައްޔުތުންނާމެދު،ޚާއްސަކޮށް އިމިގްރޭޝަނުން ކަންތައް ކުރަމުންދާ ގޮތުގެ ސަބަބުންނެވެ.

ނޫހުގައި ބުނެފައިވާ ގޮތުން އިމިގްރޭޝަން ގެ ވެރިއަކަށް ހުންނަނީ ޑައިރެކްޓަރ ޖެނެރަލް ޝައްމާނެވެ.

ރާއްޖޭގެ އަންހެނަކާ ކައިވެނިކޮށްގެން އުޅުނު ނަދީޝް ޕެރޭރާ ކިޔާ ލަންކާމީހަކަށް ދިމާވި ހާދިސާއެއްގެ ތަފްސީލް ދެމުން ނޫހުގައި ބުނެފައިވަނީ އެދެމީހުން ވަރިވުމަށްފަހުވެސް ނަދީޝް ޕެރޭރާ އެމީހުންނަށް ލިބިފަ ހުންނަ ދަރިފުޅު ދެކިލުމަށް ރާއްޖެ ދާކަމަށާ ނަމަވެސް އެފަދަ އެއް ދަތުރަކު ދިވެހި ފުލުހުން އޭނާހައްޔަރު ކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އިތުރަށް ނޫހުގައި ބުނެފައިވަނީ އޭނަ ޑިޕޯޓްކޮށްލީ މައްސަލަ ރަނގަޅަށް ނުބަލާ ކަމަށާ މިކަމުގެ ސަބަބުން ދެގައުމު ދެމެދު ފާހަގަކޮށްލެވޭ ވަރަށް ”ޑިޕްލޮމެޓިކް ސްޓްރެއިން“ އުފެދިފައިވާ ކަމަށެވެ.  

އެނޫހުގައި ބުނެފައިވާ ގޮތުގައި މިހާރުގެ ރައީސްގެ ކެމްޕެއިންތެރޭ މިމައްސަލަޔަށް ސަމާލުކަން އައިސްފައި ވެއެވެ.އަދި ރައީސްކަމަށް ވަޑައިގަތުމަށްފަހު މައްސަލަ ބަލާދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާކަމަށް ބުނެފައި ވެއެވެ.ޕެރޭރާއަކީ ލަންކާގެ ސިޔާސީ އިސްފަރާތް ތަކާ،ޚާއްސަކޮށް ސީދާ ރައީސް އާވެސް ގުޅުން އޮންނަ މީހެއްކަމުން މިމައްސަލަޔަށް ބުރަދަން ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ. ޕެރޭރާ އާއި އިސްފަރާތްތަކާދެމެދު މިފަދަ ގާތް ގުޅުމެއް އޮންނަކަން ރާއްޖޭގެ ސަރުކާރަށް ޚާއްސަކޮށް ”ޑައިރެކްޓަރ ޖެނެރަލް“ ޝައްމާނަށް އިނގިފަ ނެތީކަމަށް ވެދާނެކަމަށް ބުނެފައި ވެއެވެ.

ލަންކާ ސަރުކާރާ ގާތްބައެއްފަރާތްތަކާ ހަވާލާދީ ނޫހުގައި ބުނެފައިވާ ގޮތުން ޕެރޭރާ ހިމެނޭ ގޮތުން ސްރީލަންކާ ރައްޔިތުންނާ މެދު ރާއްޖޭން ”ކަންތައް ކުރާގޮތުން“ ”އެކްޝަން“ ނަގަން އައު ސަރުކާރުން ދަނީ ވިސްނަމުންނެވެ.

ޑިޕްލޮމެޓިކް ފަރާތްތަކާ ހަވާލާދީ ނޫސްބުނާގޮތުން މައްސަލަޔަށް ހައްލެއް ނުލިބިއްޖެ ނަމަ ލަންކާގައުޅޭ ރާއްޖޭގެ އާބާދީ އަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފާނެއެވެ.

ނޫސް ބުނާގޮތުން ސްރީލަންކާގައި ނުވަހާހަށް ވުރެގިނަ ދިވެހި ރައްޔިތުން އުޅޭއިރު އެއްހާހަށް ވުރެގިނަ މީހުން  ސަރުކާރުގެ ހޮސްޕިޓަލްތަކުން ހިލޭ ބޭސްފަރުވާ ހޯދަމުން ދެއެވެ.މީގެ އިތުރުން 700 ދިވެހި ކިޔަވާ ކުދިން ސެމީ-ގަވަންމަންޓް ސްކޫލްތަކުގައި ކިޔަވަމުންދާ ކަމަށާ މިއީ އެހެން ގައުމުތަކުގެ މީހުންނަށް ލިބޭ ޚިދުމަތެއް ނޫންކަމަށް ”ލަންކާޓުރުތު“ ނޫހުގައި ބުނެފައި ވެއެވެ.

ލަންކާ މީހުންނަށް ރާއްޖޭގައި އިހާނެތިކޮށް ކަންތައް ކުރެވޭ ކަމަށް ބުނާ މައްސަލަ ބޮޑުކޮށްލާފައިވަނީ ލަންކާގެ މީޑިޔާއިން ކަމަށްވެސް ބުނެފައި ވެއެވެ.މިގޮތުން ލަންކާގެ ބައެއް މީޑިޔާ ރިޕޯޓް ތަކުގައި ރާއްޖޭގެ އިމިގްރޭޝަން ”ޑައިރެކްޓަރ ޖެނެރަލް“ އާއި ކްރިމިނަލް ނެޓްވާކްތަކާއި ގުޅުމެއް އޮންނަކަމަށް ބުނެފައިވާ ކަމަށާ އަދި ލަންކާ މީހުންނަށް އިހާނެތި ކުރުމަކީ ކުރިއްސުރެ ފެށިގެންވެސް ކުރަމުން އަންނަ ކަމެއްކަމަށް ބުނެފައި ވެއެވެ. މިކަމުގެ ތެދުދޮގު ޔަގީން ކުރެވިފައި ނުވިނަމަވެސް މިފަދަ އަޑުތަކުގެ ސަބަބުން ލަންކާ ސަރުކާރުން މިކަމަށް އަމަލީ ފިޔަވަޅެއް އެލުމަށް ސިޔާސީ ވެރިންގެ މެދުގައި އޮތް ތާއީދު ދަނީ އިތުރު ވަމުންކަމަށް ބުނެފައި ވެއެވެ. 

މިކަމުގައި ނުރަގަޅު ފިޔަވަޅެއް އެޅިއްޖެނަމަ ދެގައުމުދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫއަރާނެ ކަމަށް ބުނެ ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅުމަށް ޑިޕްލޮމެޓިކް މާހިރުންދަނީ ގޮވާލަމުން ކަމަށް ނޫހުގައި ބުނެފައި ވެއެވެ. އަދި ދަރިފުޅު ކައިރިޔަށް ދިއުމަށް އެދޭ ނަދީޝް ޕެރޭރާ ފަދަ މީހުންގެ މައްސަލަތަކުގައި ޑިޕްލޮމަސީ އިސްކުރުމަށް ރާއްޖޭގެ ސަރުކާރަށް ގޮވާލާ ކަމަށް ބުނެފައި ވެއެވެ.

”ޓްރެޑިޝަނަލް ޕޮލިޓިކަލް އެސްޓަބްލިޝްމަންޓް“ ތަކާ އައު ސަރުކާރު ތަފާތު ވާނެކަމަށް ސަރުކާރުން ބުނެފައިވާ ކަމަށާ ބޭރު ގައުމުތަކުގައި އުޅޭ ލަންކާ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް އައު ރައީސް ފިޔަވަޅު އަޅުއްވާނެކަމަށް ނޫހުގައި ބުނެފައި ވެއެވެ.ރާއްޖޭގަ އުޅޭ ލަންކާ ރައްޔިތުންގެ މައްސަލަ ހައްލުނުވެ ދިގުލައިގެންދާނަމަ ލަންކާގައި އުޅޭ ރާއްޖޭގެ ރައްޔިތުންނަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުން އެކަށީގެންވާކަމަށާ މިހެންވެއްޖެ ނަމަ ދެގައުމު ދެމެދުއޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫއަރާނެ ކަމަށް ބުނެފައި ވެއެވެ.

ނޯޓު:

މިތާ ފާހަގަ ކޮށްލުން މުހިންމު ކަމަކީ ރާއްޖޭގެ ސަރުކާރުން ފިޔަވަޅު އަޅަނީ ޖަރީމާތައް ހިންގާ ފަރާތްތަކާ އަދި ގަވާއިދުތަކަށް ހުރުމަތް ތެރިކޮށް ނުހިތާ ފަރާތްތަކާ މެދުގައި ކަމެވެ. އަދި ފިޔަވަޅު އަޅަނީ ހަމައެކަނި ލަންކާގެ ރައްޔިތުންނާމެދު ނޫންކަންވެސް ފާހަގަ ކޮށްލަމެވެ. މަނީލޯންޑާ ކުރުމާއި، ވިސާ އޯވަސްޓޭ ކުރުން އަދި ޕްރޮސްޓިޓިއުޝަން ފަދަ ކުށްތަކަކީ އެހެން ގައުމުތަކުގައިވެސް ފިޔަވަޅު އަޅާ ކަންތައް ކަން ފާހަގަ ކޮށްލަމެވެ.

މީގެ އިތުރުން، ރާއްޖޭގެ އިމިގްރޭޝަންގެ ވެރިޔާގެ އަބުރަށް ހުތުރުވާފަދަ ވާހަކަ ތަކެއް އެނޫހުގަ ދައްކާފަ ހުރުމާއި ނަމާއި މަގާމް ގޯސްކޮށް ބޭނުން ކޮށްފަ ހުރުމުން ”ލަންކާޓުރުތު“ އާދެކޮޅަށް ކޮންޓްރޯލާ ޖެނެރަލް ޝައްމާން އަށް ބަސް ބުނެވިދާނެ ކަމަށް ދެކެމެވެ.

  lankatruthމައުލޫމާތު:

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް