މަރުވެފަ އޮތް ތަފާތު ވައްތަރެއްގެ މިޔަރެއް އޮސްޓްރޭލިޔާ އަށް ލައްގައިފި

Loading

Facebook
Twitter
WhatsApp

މަރުވެފައި އޮތް އާދަޔާ ޚިލާފް ވައްތަރެއްގެ މިޔަރެއް އޮސްޓްރޭލިޔާގެ ބީޗަކަށް ލައްގައިފިއެވެ. އޮސްޓްރޭލިޔާގެ ނިއުސައުތުވޭލްސްގެ ބީޗަކަށް ލައްގާފައިވާ މިޔަރުގެ ދިގު ނިގުލެއް ވާއިރު މިޔަރުގެ ދިގުމިނުގައި ގާތްގަނޑަކަށް ތިން މީޓަރު ހުންނާނެކަމަށް މިޔަރު ދުށް ފަރާތްތަކާ ހަވާލާދީ ހަބަރުތަކުގައި ބުނެފައި ވެއެވެ.

އޮސްޓްރޭލިޔާގެ މިއުޒިއަމެއްގެ މެނޭޖަރ އަމާންޑާ ހޭ ބުނެފައިވާ ގޮތުގައި އެއީ ތްރެޝާ ޝާކް ކިޔާވައްތަރުގެ މިޔަރެކެވެ.އޭގެ ސައިންޓިފިކް ނަމަކީ އެލޯޕިއަސް ވަލްޕިނަސް އެވެ. ހޭ ބުނެފައިވާ ގޮތުގައި މިވައްތަރުގެ މިޔަރުގެ އެންމެ ބޮޑުތަފާތަކީ އޭގެ ދިގު ނިގުލެވެ. އޭގެނިގޫ އޭގެ ހަށިގަނޑާ އެއްވަރު ވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

މިތަފާތު މިޔަރު ދުށް މީހަކު ސޯޝަލްމީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މިޔަރު ލައްގާފައިވާކަމަށް ބެލެވެނީ އޮޔާއެވެ.އަދި މިޔަރުގެ މޫނުމައްޗަށް އަނިޔާ ތަކެއް ލިބިފައިވާއިރު ހަށިގަނޑުގެ އެތެރޭންވެސް ވަރަށް ބޮޑަށް ލޭ އަންނަމުން ދާކަމަށް އޭނާ ބުނެފައި ވެއެވެ.

މިފެނުނު ތްރެޝާ ޝާކް މަރުވެގެން ލައްގަން ދިމާވި ސަބަބު ނޭނގޭ ކަމަށާ ބެލެވެނީ އެޔަށް ވުރެބޮޑު ކޮންމެވެސް ކަނޑުގެ ’ޖަނަވާރެއް‘ ގެ ޝިކާރައަކަށް ވީ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައި ވެއެވެ.

މިވައްތަރުގެ ތްރެޝާ ޝާކް އާންމުގޮތެއްގައި ފެންނަނީ ބްރިސްބޭން ،ވެސްޓަރން އޮސްޓްރޭލިޔާ ، ޓެސްމޭނިޔާ،އަދި ނިއުޒިލަންޑް ސަރަހައްދުން ކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް