ދެފައިނެތް ސަލާންޖަހާ މީހާ

Loading

Facebook
Twitter
WhatsApp

އެއްދުވަހަކު ކުޑަފިރިހެން ކުއްޖަކު އޭނާގެ ބައްޕައާއި އެކު ހިނގާލަން ދަނިކޮށް ދެފައިނެތް މީހަކު ސަލާން ޖަހަން އިންދާ ފެނިއްޖެއެވެ.އެކުއްޖާ ބައްޕަ ކައިރީ މަޑުކޮށްލާށޭ ބުނުމަށްފަހު އެދިޔަގޮތަށް ގޮސް ސަލާންޖަހާ މީހާކައިރީ ހުއްޓިއްޖެއެވެ.އަދި ސުވާލުކުރިއެވެ.އަޅުގަނޑު ސުވާލެއް ކޮށްލަންތޯއެވެ؟އެމީހާ އާނއެކޭ ބުނުމުން އެކުއްޖާ ސުވާލު ކުރިއެވެ.

”ކަލޭގެ ދެފައިނެތީ ކިހިނެއްވެގެން ހެއްޔެވެ؟ފަޔަށް ކިހިނެއްވީ ހެއްޔެވެ؟“މިހެން ބުނުމުން ބައްޕަ ވަރަށް ލަދު ގަނެފައި އެކުއްޖާގެ ކަންފަތް ކައިރީގައި ސިއްރު ސިއްރުން ބުންޏެވެ.“ދަރިފުޅާ މީހުންކައިރީ ތިކަހަލަ ސުވާލު ކުރާކަށް ނުވާނެއެވެ.“

މިއަޑު އެމިހާއަށް އިވުނެވެ.ނަމަވެސް އެކަމާ އެއްވެސް އެއްޗެއް ނުބުނެ އިނދެލުމަށްފަހު ބުންޏެވެ. ”ކޮއްކޮއަށް ވާހަކައެއް ކިޔާދެން ހެއްޔެވެ؟“އެކުއްޖާ ލައްބައޭ ބުނުމުން އޭނަ ވާހަކަ ކިޔާދޭން ފެށިއެވެ.

”މިއީ ހަގީގީ ވާހަކައެކެވެ. ކޮންމެވެސް ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކު އުޅުނެވެ. މިކުއްޖާ ވަރަށް ލޯބިވާ ބުޅަލެއް އޮވެއެވެ. މި ބުޅަލުގެ ނަމަކަށް ކިޔަނީ ބަންޖޯ އެވެ.ކުއްޖާ ދާ ކޮންމެ ތަނަކަށް ދަނީ ބަންޖޯ ގޮވައިގެންނެވެ.

އެއް ދުވަހަކު މިކުއްޖާ ފެންވަރާލުމަށްޓަކާ ކޯރަށް އެރިލަން ހިނގައްޖެއެވެ.ނަސީބު ދިމާކުރިގޮތުން ކޯރުގެ އަޑިން ކިނބުލެއް އަރާ ބަންޖޯ ގައިގާ ދަތް އަޅާ އޭތި ގޮވައިގެން ދާން ފަށައިފިއެވެ.އަދި އިރުކޮޅަކުން ބަންޖޯ ފެންނާކަށް ނެތެވެ. ބެލެވެނީ ކާލީ ކަމަށެވެ.

ކުޑަ ފިރިހެން ކުއްޖާ ވަރަށް ރުޅިއައިސްފިއެވެ.އަދި ކިބުލުގެ ކިބައިން ބަދަލު ހިފުމަށް ބޭނުންވިއެވެ. އޭނާ އެވަގުތު ބަލާކަށްނުހުރެ ކިނބުލަށް ހަމަލާދިނުމަށްޓަކައި ކޯރަށް ފުންމާލައިފިއެވެ.ނަމަވެސް ބަދަލު ހިފޭގޮތެއް ނުވިއެވެ.އެތަނަށް އެހެން ކިނބުލެއް ވެސް އައިސް އެކުއްޖާ އަށް ހަމަލާދޭން ފަށައިފިއެވެ.ވާހަކަ ނިމުނީ އެވެ.“

ކުއްއައްޖާ ވާހަކަ އަޑުއަހަން އިނުމަށްފަހު ބޯ ހޫރާލިއެވެ.އަދި ބުންޏެވެ.“ކުއްޖާ އަށް ދެންވީ ކިހިނެއް ހެއްޔެވެ. ކުއްޖާވެސް މަރުވީ ހެއްޔެވެ؟“

މުސްކުޅިމީހާ އިރުކޮޅަކު މަޑުން އިނުމަށްފަހު ބުންނެވެ.

”އަހަރުތައް ފާއިތުވަމުންގޮސް އެކުއްޖާ ބޮޑުވެ މުސްކުޅިވެސް ވިއެވެ.އެމީހަކީ މަށެވެ.އަހަރެން މިކިޔާދިނީ މަށަށް ދިމާވި ކަމެއްގެ ވާހަކައެވެ.ދެފަޔަށް ވީކިހިނެއްތޯ ސުވާލުކުރީމެއް ނޫންހެއްޔެވެ؟ފަޔަށް ވީގޮތް މިކިޔާދިނީއެވެ.އެފަހަރު ކިނބޫ ކާލީ އަހަރެންގެ ދެފަޔެވެ. ނަމަވެސް އެހާހަމައިން މީހުން އައިސް އަހަރެން ސަލާމަތް ކުރީއެވެ.“

މިވާހަކަ އަޑުއެހުމަށްފަހު ކުޑަފިރިހެން ކުއްޖާއާއި އޭނާގެ ބައްޕަ ތިބީ ވަރަށް ހައިރާން ވެފައެވެ. އެވަގުތު މުސްކުޅިމީހާ ވާހަކަ ދެއްކިއެވެ.

”އަހަރެންގެ ވާހަކައިގަ ވަރަށް ބޮޑު ފިލާވަޅެއް ވެއެވެ.ރުޅި އައުން ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުންނާއި ބަދަލު ނުހިފުމާއި ބެހޭ ގޮތުންނެވެ.އަބަދުވެސް ރުޅި ކޮންޓްރޯލް ކުރަން ދަސްކުރަން ޖެހޭނެއެވެ. ނޫނީ އޮންނާނީ ރުޅިއައިސްގެން ބަދަލު ހިފަން ބޭނުންވާ ހަމަޔަށް ކަންތައް ގޮސްފައެވެ.ބަދަލު ހިފުމަށް ކަމެއް ކުރުމުން އެހެން މީހުންނަށް ލިބޭ ގެއްލުމާ އެކުއެކީ ތިމާޔަށްވެސް ގެއްލުން ލިބޭނެކަން ހަނދާން ކުރާށެވެ.

އަހަރެންވެސް ކިނބޫދެކެ ރުޅިއައިލެއް ގަދަކަމުން އަހަރެން ބޭނުންވީ ކިނބުލުގެ ކިބައިންބަދަލު ހިފާށެވެ.ރުޅިއައިސްފަ ހުރިވަރުން އެއީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫންކަންވެސް އަހަރެންނަކަށް ނުވިސްނުނެވެ.

ރުޅިއައިސްގެން ކުރެވޭ ހަމަނުޖެހޭ ކަންތަކާމެދު މުޅިއުމުރަށްވެސް ހިތާމަ ކުރަން ޖެހިފައި އެބަހުއްޓެވެ.އެދުވަހު އަހަރެންވެސް ރުޅި ކޮންޓްރޯލްކޮށްފަ ގެޔަށް ދިޔަނަމަ މިއަދު ތިޔަ ފެންނަ ދެފައިނެތް ސަލާންޖަހާމީހާއެއް ނުހުންނާނެއެވެ.

ތިމާޔަށް ދެރަވާ ކަންކަން ކުރާ މީހުންނަށް މައާފް ދިނުމަށްފަހު އަމިއްލަ ހަޔާތުގެ ކަންކަމައިގެން ކުރިޔަށް ދިއުން އެއީ ވަރަށް މުހިންމު ކަމެކެވެ.އެއީ އެމީހުންނަށް ކޮށްދޭ ހެޔޮކަމެއް ނޫނެވެ.އެއީ ތިމާ އަމިއްލަ ނަފްސަށް ކޮށްދޭ ހެޔޮކަމެކެވެ. އަމިއްލަ ނަފްސަށް ހަމަޖެހުން ލިބޭނީ އޭރުންނެވެ.  

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް