މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

Loading

September 29, 2024
sandhaanu news
Facebook
Twitter
WhatsApp

މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

ފުލުހުން މިއަދު ބުނީ ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި މިއަދު ހެނދުނު 6:30 ހާއިރު އަލިފާން ރޯވެފައިވާ ކަމަށެވެ.އަދި ފުލުހުންނާއި ސިފައިން އެ ދޯނީގައި ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަަމަށް ފުލުހުން ހާމަކުރެއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިިއޯއަކުން މަސްދޯންޏެއްގެ ފަހަތުގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާ މަންޒަރު ފެނެއެވެ.

ސިފައިން ކުރި މަސައްކަތުން ދޯނީގައި ރޯވި އަލިފާން ގަނޑު މިހާރު ވަނީ ނިވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް