މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި

Loading

Facebook
Twitter
WhatsApp

މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ އަންގައިފިއެވެ.

އެގޮތުން މިހާރު ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށްވެސް ދޫނުކުރުމަށް މާލެ ސިޓީ ކައުންސިލަށް މިހާރު އަންގާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން މާލޭ ސިޓީ ކައުންސިލަށް އެންގީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުން ކުރުމުގައި ދަތިވެފައިވާތީ ކަމަށެވެ.

ހަމައެހެންމެ މިގޮތަށް އެންގީ އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލު ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މިގޮތުން މިއީ އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ އާންމު ޖާގަތަށް ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް