ސްރީލަންކާއަށް އައު ރައީސެއް!

Loading

Facebook
Twitter
WhatsApp

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބް ނެޝަނަލް ޕީޕަލްސް ޕަވަރ ޕާޓީން ވާދަކުރެއްވި އަނޫރާ ކުމާރަ ޑިސަނާޔަކަ ކާމިޔާބު ކުރައްވައިފިއެވެ.

އުމުރުފުޅުން 55 އަހަރުގެ ޑިސަނާޔަކަ އަށް މެންދުރުގެ ކައުންޓުންވެސް ވަނީ 42.31 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާއި އެންމެ ގާތުން ވާދަ ކުރެއްވި އިދިކޮޅު ކެންޑިޑޭޓް ސަޖީތު ޕްރެމަދާސާ އަށް މެންދުރުގެ ކައުންޓްގައި ލިބިވަޑައިގެންފައިވަނީ 32.76އިންސައްތަ ވޯޓެވެ.

އެހާހަމައިން އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރުގެ ރައީސް ރަނިލް ވިކްރަނަސިންހާ ހިމެނޭ ގޮތުން ބާކީ ހުރިހާ ކެންޑިޑޭޓުން ޑިސްކުއަލިފައި ވެފައިވާކަން އިއުލާން ކޮށްފައެވެ. އަދި ވޯޓުގެ ދެވަނަ ކައުންޓެއް ވަނީ ފަށާފައެވެ.

އައު ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހު ހެނދުނު ޕްރެޒިޒެންޝަލް ސެކްރެޓޭރިއަޓްގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް