ފަސިންޖަރަކަށް ދިން ކެއުމުން މީދަލެއް ފުންމާލުމުން ފްލައިޓެއް އިމަޖެންސީކޮށް ޖައްސައިފި

Loading

Facebook
Twitter
WhatsApp

 ސްކެންޑިނޭވިއަން އެއާލައިންސް (އެސްއޭއެސް) ގެ ފްލައިޓެއްގައި ފަސިންޖަރަކަށް ދިން މީލް ހުޅުވާލިވަގުތު އެއިން މީދަލެއް ފުންމާލައިގެން ދިއުމުން ފްލައިޓް އިމަޖެންސީކޮށް ޖައްސަން ޖެހިފައިވާ ކަމަށް ޚަބަރު ލިބެއެވެ.މިހާދިސާ ހިގާފައިވަނީ ބުދަދުވަހު ނޯވޭގެ އޮސްލޯއިން ފުރައިގެން ސްޕެއިންގެ މަލާގާ އަށް ކުރި ދަތުރެއްގައި ކަމަށް ވެއެވެ. މިހެން ދިމާވުމުން ބޯޓުވަނީ ޑެންމާކްގެ ކޮޕަންހެގަންގައި ކުއްލި ގޮތަކަށް ޖައްސާފައެވެ.

ފަސިންޖަރަކަށް ކެއުމަށް ދިން ޕެކަކުން މީދަލެއް ފުންމާލައިގެން ދިޔަކަން އެސްއޭއެސް އިންވެސްވަނީ ހުކުރު ދުވަހު ޔަގީން ކޮށްދީފައެވެ.

މީދަލެއް ބޯޓުގައި އުޅޭކަން އިގިއްޖެނަމަ ވަގުތުން ބޯޓު ޖެއްސުމަކީ ވަރަށް ގިނަ އެއާލައިން ތަކުން ކުރާކަމެކެވެ. އެހެނީ ބޯޓުގެ ވަޔަރިންގެ ގެ ނަރުތައް މީދާ ބުރިކޮށްފަ ހުރެގެން ބޯޓުގެ އޮޕަރޭޝަން އަށް ސީރިއަސް މައްސަލަ ތަކެއް ކުރިމަތިވެދާނެތީއެވެ.

އެސްއޭއެސްގެ އޮފިޝަލެއް މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާ ހިނގުމާއި އެކު އިމަޖެންސީގައި ބޯޓުޖެއްސުމަށްފަހު ފަސިންޖަރުން އެހެން ބޯޓެއްގައި މަލާގާ އަށް ވަނީ ގެންގޮސްފައެވެ. މިއީ ވަރަށްވެސް މަދުން ދިމާވާފަދަ ހާދިސާއެއްކަމަށާ މިކަން ތަކުރާރު ވިޔަނުދިނުމަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެއާލައިނުން ބުނެފައި ވެއެވެ.

މީގެ ހަފްތާއެއްކުރިން ދެކުނު އިންގްލަންޑްގައި ދަތުރު ކުރި ރޭލަކަށް ދެ މުގޮށިމީދާ އެރުމަށްފަހު އެތަނުން އެކަތި ބޯޓުން ނުބޭލިގެން ދަތުރު ލަސްވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް