އިންޑިޔާގައިވެސް ސިންކްހޯލް އެއް ހެދި ބައެއް ވެހިކަލްތައް އެތަނަށް ވެއްޓިއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ހުޅަގުފަޅީގެ ސިޓީއެއް ކަމަށްވާ ޕޫނޭގެ ޕޯސްޓް އޮފީހުގެ ޕާކިންގ އޭރިޔާއެއްގައި ހުކުރު ދުވަހު

ކުއްލިއަކަށް ބޮޑު ސިންކްހޯލް އެއް ހެދި ބައެއް ވެހިކަލްތައް އެތަނަށް ވެއްޓިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ސިންކް ހޯލް އަކީ ބިމުއަޑީގެ ފަސްގަނޑަށް އަންނަ ބަދަލުގެ ސަބަބުން ވެލިގަނޑު ފައިބައިގެން ދިއުމުގެ ސަބަބުން ހެދޭ ބޮޑެތި ވަޅުގަނޑު ތަކެވެ.

ހުކުރު ދުވަހު ޕޫނޭގައި ހެދުނު ސިންކްހޯލް އަށް ވެއްޓުނު ވެހިކަލް ތަކުގެ ތެރޭގައި ޓްރަކް އަކާ ޓޫވީލާ ކިޔާ ވައްތަރުގެ ދެވެހިކަލް ހިމެނެއެވެ. ވެއްޓުނު ޓްރަކްގައި އިންމީހާ ކުއްލިއަކަށް ފުންމާލާފައިވުމާއިއެކު މިހާދިސާގައި މީހަކަށް ގެއްލުމެއް ނުވާކަމަށް ޚަބަރު ލިބެއެވެ.

ފަޔާ ޑިޕާޓްމަންޓުން މައުލޫމާތު ދީފައިވާ ގޮތުގައި ހުކުރުދުވަހު 4.15އެހާއިރު ލަކްސްމީ ރޯޑްގައި ބޮޑުވަޅުގަނޑެއް ހެދިގެން ރިޕޯޓް ކޮށްފައިވާއިރު ދެ ފަޔާ ވެހިކަލް އެތަނަށް ވަނީ ފޮނުވިފައެވެ. ވަޅުގަނޑަށް ވެއްޓުނު ޓްރަކް އަކީ ބިމުއަޑީ ގެ ޑްރެއިނޭޖް ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ވެހިކަލް އެއް ކަމަށާ  ހެދުނު ވަޅުގަނޑު ފަންސާހަކަށް ފޫޓު ފުންވާނެ ކަމަށް ބެލެވޭ ކަމަށް ފަޔާ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

ހާދިސާއާއި އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް މީހުން ބުނާގޮތުން މިހެން ދިމާވަނީ މަގުތައް ހެދުމުގައި ކޮރަޕްޝަންގެ ސަބަބުން ފައިސާގައި ޖެހިފަ، ދަށް ފެންވަރުގައި މަގުތައް ހަދާތީއެވެ.

އޮގަސްޓް 23 ވަނަ ދުވަހު މެލޭޝިޔާގައިވެސް ބޮޑު ސިންކްހޯލް އެއް ހެދި އެތަނަށް ވެއްޓުނު އަންހެނަކު ވަނީ ނުފެނިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް