މުވާސަލާތީ އާލާތްތައް ގޮއްވާލައިގެން ލުބްނާނުގައި ދިން ދެވަނަ ހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

މުވާސަލާތީ ޑިވައިސްތައް ގޮއްވާލައިގެން ލުބްނާނުގައި ދިން ދެވަނަ ހަމަލާއެއްގައި 20 މީހުން މަރުވެ އިތުރު 450މީހުން ޒަޚަމް ވެއްޖެއެވެ.

މިފަހަރު ގޮއްވާލާފައިވަނީ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން އާންމުކޮށް ބޭނުން ކުރަމުން އަންނަ ވޯކީޓޯކީތައް ކަމަށް ވެއެވެ.ހަމަލާތައް ދީފައިވަނީ ހިޒްބުﷲގެ ހަނގުރާމަވެރިން ގިނައިން ހަރަކާތްތެރިވާ ސަރަހައްދެއްކަމަށްވާ ބޭރުތުގެ ދެކުނުން ބެކާވެލީގައި ކަމަށްވެއެވެ.ބައެއް ގޮވުންތައް ހިންގާފައިވަނީ ޕޭޖަރުތަކެއް ގޮއްވާލައިގެން އަންގާރަދުވަހު ދިނަ މިފަދަ ފުރަތަމަ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާ ކުރިޔަށް ދިޔަ ތަންތަނުގައެވެ.


އިއްޔެގެ ހަމަލާތަކާ އެކުއެކީހެން އިސްރާއިލުގެ ޑިފެންސް މިނިސްޓަރ ޔޮއާވް ގަލަންޓް ވަނީ ހަނގުރާމަ ކުރިޔަށް ގެންދިއުމުގައި އައު ބާބެއް ފެށިފައިވާކަމަށް އިއުލާން ކުރައްވާފައެވެ.
ވޯކީޓޯކީ ގޮއްވާލައިގެން ދިން ހަމަލާތަކާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ ނޫސްވެރިންނާ ބައްދަލް ކުރައްވާފައެވެ.އަދި ގުޓަރެސްވަނީ ހަމަލާތައް އިތުރު ވެގެން ހިގައިދާނެ ކަމުގެ ސީރިއަސް ރިސްކް އެބައޮތްކަމަށް ވިދާޅުވެފައެވެ.އަދި ހުރިހާފަރާތް ތަކުންވެސް ހިފެހެއްޓުންތެރިކަން އިސްކުރުމަށް އޭނާ ގޮވާލައްވާފައި ވެއެވެ. މިގޮތަށް ޑިވައިސްތައް ގޮއްވާލައިގެން ދޭހަމަލާ ތަކާ އެކުއެކީހެން ބޮޑު މިލިޓަރީ އޮޕަރޭޝަން ތައް ހިންގާނެކަމަށް ބެލެވޭ ކަމަށްވެސް ގުޓަރެސް ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް