ދުނިޔޭގައިވާ އެންމެ އުމުރުން ދުވަސްވީ ބުޅާ މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

  މުޅިދުނިޔޭގައިވެސް އެންމެ އުމުރުން ދުވަސްވީ ބުޅާކަމަށް ގަބޫލުކުރެވޭ ބުޅާ އުމުރުން 33 އަހަރުގައި މަރުވެއްޖެއެވެ. ރޯޒީގެ ނަމުން ނަންދީފައިވާ ބުޅާ ގެންގުޅެމުން އައީ އިރުމަތީ އިންގްލަންޑްގެ ސަރަހައްދެއްކަމަށްވާ ނޯފޯކްގައި ދިރިއުޅޭ ލީލާ ބްރިސެޓް ކިޔާ އުމުރުން 73 އަހަރުގެ އަންހެނެކެވެ. ރޯޒީމަރުވީ ލީލާ ބްރިސެޓް ގެ ގޭގެ ހޯލްވޭގައި ކަމަށާ އެވަގުތު އޭނާވެސް ކައިރީގައި ހުރިކަމަށް ވެއެވެ. ރޯޒީ އެދުވަހު ހިނގާލާފައިއައިސް ހޯލްވޭގައި އޮށޯވެ މަރުވީކަމަށް އޭނާ ބުނެފައި ވެއެވެ.

ރޯޒީ އުފަންވެފައިވަނީ 1991 ވަނަ އަހަރުއެވެ. ގިނިސްބުކް އޮފް ވާލްޑް ރިކޯޑްސް ބުނާ ގޮތުން އެންމެ އުމުރުން ދުވަސްވީ ބުޅަލަކީ 1995 ވަނަ އަހަރު އުފަންވެފައިވާ 28 އަހަރުވީ ފްލޮސީ ކިޔާ ބުޅަލެކެވެ. އެހެން ކަމުން އެންމެ އުމުރުން ދުވަސްވީ ބުޅަލުގެ ގޮތުގައި ރޯޒީ ވަނީ ނުރަސްމީ ގޮތުން ބެލިފައެވެ.

މިއަހަރުގެ ޖޫންމަހުގެ އެއްވަނަ ދުވަހު ރޯޒީއަށް ވަނީ 33 އަހަރުފުރިފައެވެ. މިއީ އިންސާނުންގެ އުމުރަށް ނިސްބަތް ކުރާނަމަ 152 އަހަރު ކަމަށް ވެއެވެ.

ރޯޒީގެ ވެރިމީހާ އެބުޅާ އެޑޮޕްޓް ކުރީ ވަރަށް ކުޑަކުޑަކޮން އޮއްވާކަމަށް ވެއެވެ.ރޯޒީ މަރުވުމާއި ގުޅިގެން ލީލާ ބުނެފައިވާ ގޮތުގައި މުސްކުޅިވެ ގައިބާރުދެރަވުމުގެ ސަބަބުން  ފަހަކަށް އައިސް އެބުޅާ ކުރާކަމަކީ ހަމައެކަނި ނިދުމާއި ކެއުން އަދި ފާޚާނާ ކުރުން ކަމަށް ވީނަމަވެސް ގުދްރަތީ މަރުގެ ކުރިން އޭތިމަރާލަން ބޭނުން ނުވިކަމުގައެވެ. އަދި އެކުގަ ހޭދަކުރި ދުވަސްތަކުގެ މަތިން އަބަދުވެސް ވަރަށް ހަނދާން ވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް