ބޮރިސް ތޫފާނުގެ ސަބަބުން ޔޫރަޕްގެ ބައެއްގައުމުތަކުގައި ފެން ބޮޑުވެފައި

Loading

Facebook
Twitter
WhatsApp

ބޮރިސްގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާނުގެ ސަބަބުން ސެންޓްރަލް އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ އެތައްބަޔަކަށް އެކަމުގެ ގެއްލުންތައް ލިބެމުން ދާކަމަށް ޚަބަރު ލިބެއެވެ.އެހިސާބުތަކަށް ހޯމަދުވަހުގެ އިރުއޮއްސުމާހަމަޔަށްވެސް މޫސުންގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ފޯކާސްޓް ކުރެވިފައެވެ.

މިހާރުވެސް ޗެކް ރިޕަބްލިކްގެ ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފާއިތުވި 50 އަހަރުވެސް މިހާ ނުރައްކާތެރި މޫސުމީ ކާރިސާއެއް ދިމާވެއެއް ނުވެއެވެ.
މޫސުމީ ވާރޭގެ ސަބަބުން މިވަގުތު ފެންބޮޑުވެފައިވާ ގައުމު ތަކުގެ ތެރޭގައި ޗެކް ރިޕަބްލިކް، ޖާމަނީ،އޮސްޓްރިޔާ،ހަންގޭރީ،ރުމޭނިޔާ،ސްލޮވޭކިޔާ އަދި ޕޯލަންޑް ހިމެނެއެވެ.
ތޫފާނުގެ ސަބަބުން އޮސްޓްރިޔާ ޕޮލަންޑް އަދި ރުމޭނިޔާގައި މީހުން މަރުވެފައިވާއިރު ޗެކް ރިޕަބްލިކުން ބައެއްމީހުން ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ.
އާދަޔާ ޚިލާފް ބޮޑަށް މޫސުން ގޯސްވެ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތައްހާސް ގޭބިސީން ކަރަންޓްވެސް ކެނޑިފައިވާކަމަށް ޚަބަރުލިބެއެވެ.އަދި ބައެއް ސަރަހައްދުތަކަކީ ޑިޒާސްޓާ ސަރަހައްދުތަކުގެ ގޮތުގައި ވަނީ އިއުލާން ކޮށްފައެވެ.ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވުމާއިއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ. އަދި ސަރުކާރުތަކުން ދަނީ އަންގާއެންގުންތަކަށް އާންމުން ތަބާވުމަށް ގޮވާލަމުންނެވެ. މިގޮތުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގަމުންދާތީ އެކަން ގަބޫލުކޮށް އަވަހަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ދަނީ އަންގަމުންނެވެ.
ފެނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޗެކް ރިޕަބްލިކް ގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ފެންގަނޑު ހިނދޭނެ ދުވަހެއް ބުނަންވެސް ނޭނގެއެވެ.ކުރިޔަށް އޮތް ދެދުވަހުވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ފޯކާސްޓް ކޮށްފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް