ފަހަތުން ކަށިޖަހާ މީހުންނަށް ސަމާލުވާށެވެ.

Loading

Facebook
Twitter
WhatsApp

އެއްދުވަހަކު ބޮޑު ހަރުފައެއް ޖަންގައްޔެއްގެ ތެރޭން ދަނިކޮށް ”ފަޔާފްލައި“ އެއް(އަދިރީގަ ދިއްލޭ ކުދި ސޫފި)ފެނިއްޖެ އެވެ. ކުއްލިއަކަށް ހަރުފައިގެ އަމިއްލަ ދަތުރު ބަދަލު ކޮށްލުމަށްފަހު ”ފަޔާފްލައި“ ފަހާ ދުވަން ފެށިއެވެ. އެތައް ހިސާބަކަށް ފަހާ ދިޔައިރުވެސް ”ފަޔާފްލައި“ އަތުވާގޮތެއް ނުވިއެވެ. އެހާހަމައިން ފަޔާފްލައި ބުނެފިއެވެ. މަޑުކޮށްބަލާށެވެ. އަހަރެން ކަލެޔާ 3 ސުވާލު ކުރަން ބޭނުމެވެ.

މިފުރުސަތު އަހަރެންނަށް ދޭނަން ހެއްޔެވެ؟ ބުނީމަ ހަރުފަ ބުނެފިއެވެ. އެންމެ ރަނގަޅެވެ. ކުރިޔަށް ގެންދާށެވެ. ބުނީމަ ”ފަޔާފްލައި“ ސުވާލު ކުރިއެވެ.
”ކަލޭ ކެއުމަށް ބޭނުން ކުރާ ބާވަތްތަކުގެ ލިސްޓުގައި ”ފަޔާފްލައި“ހިމެނޭ ހެއްޔެވެ؟“ ބުނީމަ ހަރުފަ ބުނެފިއެވެ. ނޫނެކެވެ. ދެވަނައަށް ”ފަޔާފްލައި“ ސުވާލު ކުރިއެވެ.
”ކަލެއަށް ގެއްލުމެއްވާ ކަހަލަ އެއްވެސް ކަމެއް އަހަރެންނަށް ކުރެވުނު ހެއްޔެވެ؟“ ބުނީމަ ހަރުފަ ބުންޏެވެ. ނޫނެކެވެ.އެޔަށްފަހު ”ފަޔާފްލައި“ސުވާލު ކުރިއެވެ.
”އެހެންވިއްޔާ އަހަރެން ހިފައިގެން ކާލުމަށް ތިޔަ މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ؟“ މިހެން ބުނީމަ ހަރުފަ ބުންޏެވެ.
”ކަލޭ ވިދާތަން ދެކެން އަހަރެންގެ ހިތަށް ހަމަ ކެތް ނުވަނީ އެވެ“.
އެހެން މީހުން އެކިކަންކަމުގައި މޮޅުވެ ވިދާތަން ދުށުމަށް ކެތް ނުކުރެވޭ ބަޔަކުވެސް ދުނިޔޭގައި އުޅެއެވެ. އެހެންކަމުން މިފަދަ މީހުން ހަރުފައެއްގެ އަމަލުތައް އިޚްތިޔާރު ކުރެއެވެ. ހަރުފައެއް ފަދައިން ސިއްރު ސިއްރުން ފަހަތުން ހަމަލާ ދެއެވެ. މިފަދަ މީހުންނަށް ސަމާލުވާށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް