ރައީސް އޮފީހުގެ މިނިސްޓަރު ނާޞިރުގެ އަނބިކަނބަލުން ތުރުކީގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމަކަށް

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރުގެ އަނބިކަނބަލުން ތުރުކީގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމަކަށް ހަމަޖައްސައިފިއެވެ.

ނާޞިރުގެ އަނބިކަނބަލުން ޢާއިޝަތު ރައިހާނާ ހަމަޖައްސާފައިވަނީ ތުރުކީ އެމްބަސީގެ ސްޕެޝަލް ކައުންސެލް ޓު ދި އެމްބެސެޑަރ ގެ މަގާމަށެވެ.

އޭނާ އެ މަގާމަށް ހަމަޖައްސާފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

މި މަގާމަށް ހަމަޖެއްސުމުގެ ކުރިން ރައިހާނާ ހުންނެވީ މުލީއާގޭގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނުގެ ސަރުކާރެއްގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރެއް ނުވާނެއެވެ. ނަމަވެސް ސިޔާސީ މަގާމުތަކުގެ އަދަދު މިހާރު ވަނީ އެއަށްވުރެ އިތުރުވެފައެވެ.

ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވާ ފަރާތްތަކުގެ މައުލޫމާތު ސަރުކާރުން ހާމަނުކުރާތީ އެ މަގާމުތަކުގެ ސީދާ އަދަދު ސާފެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް