ކާމިޔާބު ފިރިންގެ ފަހަތުގަ ތިބޭ އަނބިން

Loading

Facebook
Twitter
WhatsApp

ކޮންމެވެސް ރަށެއްގައިވާ ހައިވާނު ބަގީޗާއެކެވެ. މިތަނުގައި ވަރަށް ގިނަ ތަފާތު ޖަނަވާރު ތައް ވެއެވެ. އެހެން ކަމުން މިތަނަކީ ގިނަބަޔަކު ޒިޔާރަތް ކުރާ އަދި އާންމުންގެ މެދުގައި މަގްބޫލް ތަނަކަށް ވަނީ ވެފައެވެ.

މިތަނުގެ މެދުގައި ވަރަށް ބޮޑު ފުން ކޯރެއްވެއެވެ. އަދި ކޯރުގައި ވަރަށް ގިނަ ކިނބޫ އުޅެއެވެ.އެކި ވަރުގެ އެކި އުމުރުގެ ކިނބޫ ތަކުން މިކޯރު ވަނީ ގާތްގަނޑަކަށް ފުރިފައެވެ.

ކޯރުގެ މެދުގައި ކުޅިބަލާގެއެއް ތައްޔާރު ކޮށްފައި ވެއެވެ. އެއީ އެތަނަށް ޒިޔާރަތް ކުރާ މީހުން ކިނބޫތަކުގެ ހަރަކާތްތައް ގާތުން ބަލާ ލުމަށެވެ.

މިއީ ގިނަ މީހުންނަށް އާންމުކޮށް ނުފެންނަ މަންޒަރެއް ކަމުން ކުޅިބަލާގެޔަށް އެރުމަށް އަބަދުވެސް ވަރަށް ގިނަޔަކު ކިއު ހަދާފައި ވެއެވެ. ކުޅިބަލާގެ ނުވަތަ އަށި ހަދާފައިވަނީ ވާގަނޑެއް ޖަހާ ކޯރުގެ މެދަށް ދޫކުރާ ގޮތަށެވެ. އަދި ކޮންމެ ބަޔެއްގެވެސް ގަޑިހަމަ ވުމުން ވާގަނޑަށް ދަމާ އެއްގަމާ ކައިރިކޮށް މީހުން ބޭލުމަށް ފަހު އިތުރު ބަޔަކު އަރުވައެވެ.

މިބުނާ އަށި ފުރާ މީހުން ތިބި ވަގުތެކެވެ. ކުއްލިއަކަށް އަޑުގަދަ ކުރާއިން އިއުލާނެއް ކޮށްފިއެވެ. ކޯރަށް ފުންމާލާ ކިނބޫތަކުގެ އަތު ނުޖެހި އެއްގަމަށް އަރާ މީހަކަށް އެއްމިލިއަން ޑޮލަރު ދޭނެ ވާހަކަ އެވެ.

އެކަކުވެސް ތިބިތަނުން ގުޑިލަންވެސް ބޭނުން ނުވެފަތިއްބެވެ. މިހެން ތިއްބާ ކުއްލިއަކަށް އިވުނީ މީހަކު ފުންމާލި އަޑެވެ. އެންމެން ދިޔައީ ޝޮކަށެވެ. އެމީހާ ސަލާމަތް ނުވާނެކަން ޔަގީން ކޮށްގެން އެހެން ނަމަވެސް ކަންތައްބޮޑުވެފަ ބަލަން ތިއްބެވެ.

ފުންމާލި މީހާ އެގޮތަކުން މިގޮތަކުން ކިބޫތަކުގެ ކިބައިން ސަލާމަތް ވަމުން ވަރަށް ބާރަށް ފަތާފަ ގޮސް އެއްގަމަށް އަރައިފި އެވެ. އޭރު އޭނާހުރި ބިރުން ތުރުތުރު އަޅައަޅައެވެ.

ބަގީޗާގެ ވެރިފަރާތުން އެވަގުތު އިއުލާނެއް ކުރިއެވެ. ކޯރަށް ފުންމާލުމަށް ހުށަހެޅިހުށަހެޅުން މީހަކު ބަލައިގަނެ ރޭސް ކާމިޔާބު ކޮށްފައިވާކަމެވެ. އެހެން ކަމުން އެފަރާތުން އިނާމުގެ ފައިސާ އެއްމިލިއަން ޑޮލަރު ބަލާ ދިއުމަށް އެދުނުވެ.

ފުންމާލިމީހާއާއި އޭނާގެ އަންހެނުން އިނާމު ހިފައިގެން އެމީހުން ތިބޭ ހޮޓަލަށް ހިނގައްޖެއެވެ. އޭރުވެސް ފިރިހެންމީހާ ހުރީ ކޮންމެވެސް ވަރަކަށް ތުރުތުރު އަޅައަޅައެވެ. އޭނާ ތެތް ހެދުން ބާލާހަދަން އުޅުމުގެ ތެރޭގައި ބުންޏެވެ. އިނގޭހެއްޔެވެ. އަހަރެން ކޯރަށް ފުންމާލީކީ ނޫނެވެ.ކޮންމެވެސް މީހަކު އަހަރެން ކޮއްޕާލީއެވެ. މިހެން ބުނުމުން އަންހެން މީހާ ނުލަފާ ހިންޏެއް އައިސްފަ އޭނާގެ ފިރިމީހާއަށް ފުރަގަސް ދިނެވެ. އަދި މަޑުމަޑުން ބުނެލިއެވެ. ކޮންމެ ކާމިޔާބު ފިރިއެއްގެ ފަހަތުގައި އަންބަކު ހުންނަ ވާހަކަ އަޑުއަހަމު ނޫން ހެއްޔެވެ. މިހެން ބުނިއަޑު ފިރިމީހާއަކަށް ނީވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް