ބީއެމްއެލްގެ ބޯޑަށް އާ މެންބަރުން އައްޔަން ކުރަން ޖަލްސާއެއް ބާއްވަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ބީއެމްއެލްގެ ބޯޑަށް އާ މެންބަރުން އައްޔަން ކުރަން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. ބީއެމްއެލުން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ޚާއްސަ އާންމު ޖަލްސާ 21 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ހެދުނު 10:00 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޖަލްސާ ބާއްވާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމަންޓު ސިސްޓަމް ”ފަހި ވޯޓް“ މެދުވެރިކޮށް ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.

ބީއެމްއެލް އިން ބުނީ މި ޖަލްސާގައި ބައިވެރިވެ ވަޑައގެންނެވޭނީ 10 ސެޕްޓެމްބަރު 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މިޖަލްސާގައި މެންބަރުން އައްޔަން ކުރެވޭނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް 29 އޮގަސްޓު 2024 ވަނަ ދުވަހު ހެދުނު 10:00 އިން 19 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ހެދުނު 10:00 ގެ ކުރިން ޕްރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް