ނިއުމޯނިއާ ޖެހޭގޮތާއި މަގުފަހިކުރާ ކަންކަން!

Loading

Facebook
Twitter
WhatsApp

ނިއުމޯނިޔާ އަކީ ފުއްޕާމޭގައި ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. ނިއުމޯނިޔާ އަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.

ނިއުމޯނިޔާ ޖެހޭ ސަބަބު:

ނިއުމޯނިޔާ އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ތަކުގެ ސަބަބުންނެވެ. ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާ ތަކުގެ ތެރޭގައި “ސްޓްރެޕްޓަކޮކަސް ނިއުމޯނިއޭ”(streptococcus pneumonia)، “މައިކަޕްލާޒްމާ ނިއުމޯނިއޭ”(mycoplasma)، ފަދަ ޖަރާސީމުތައް ހިމެނެއެވެ. ނިއުމޯނިޔާ ޖައްސާ ވައިރަސް ތަކުގެ ތެރޭގައި “އިންފުލުއެންޒާ އޭ ވައިރަސް” ، އަދި “ރެސްޕިރޭޓަރީ ސިންސިޝީއަލް ވައިރަސް”(RSV) ފަދަ ޖަރާސީމުތައް ހިމެނެއެވެ. ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެފައިވާ މީހުންނަށް ބައެއް ފަހަރު “ނިއުމޯސިސްޓިސް ކެރީނީ”(pneumocystis cariini) ކިޔާ ފަންގަސްގެ ވައްތަރަކުން ވެސް ނިއުމޯނިޔާ ޖައްސައެވެ. މަދުފަހަރަކު ޕެރަސައިޓެއްގެ ސަބަބުން ނިއުމޯނިޔާ ޖެހިދާނެ އެވެ.

އާންމުކޮށް ނިއުމޯނިޔާ ޖެހޭނީ ނިއުމޯނިޔާ ޖައްސާ ޖަރާސީމެއް ފުއްޕާމެޔަށް ދިއުމުންނެވެ. އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމުން ރަގަޅުނުވެ، ގިނަ ދުވަސްވުމުން ބައެއް ފަހަރު ނިއުމޯނިޔާ ޖެހޭގޮތް ވެއެވެ. ދާއިމީކޮށް ދިގުމުއްދަތަކަށް ބޭސް ކާންޖެހޭ ބަލިތައް ކަމުގައިވާ ހަކުރު ބަލި، ހިތުގެ ބަލި، ނޭވާހިއްލުން، ކެންސަރު، ފަދަ ބަލިތައް ހުރުމަކީ ނިއުމޯނިޔާ ޖެހުމަށް މަގުފަހިވާ ކަންކަމެވެ.

ނިއުމޯނިޔާ ޖެހޭގޮތް

ޖަރާސީމު ހުރި ހިރަފުހާ ކުނިބުނި ނޭވާލުމުގެ ތެރެއިން ފުއްޕާމެޔަށްދިއުން

ނޭފަތާ، ކަރުގައި ހުންނަ ބައެއް ކަހަލަ ބެކްޓީރިޔާ ނޭވާލުމުގެ ތެރޭގައި ފުއްޕާމަޔަށްދިއުން

އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހި ރަގަޅުނުވެ ގިނަ ދުވަސްވުމުން ނިއުމޯނިޔާޖެހުން

ހިމަބިހި، ފާނަ ބަސަނދު ފަދަ ބަލިތައް ޖެހި ދިގުލައި ދިއުމުން ނިއުމޯނިޔާޖެހުން

ފުއްޕާމެޔަށް ފެނާ ކާތަކެތި ދިއުން

މަގުފަހިކުރާ ކަންތައްތައް

ދުންފަތުގެ އިސްތިއުމާލުކުރުން

ފުއްމާޕޭގެ ދާއިމީ ބައްޔެއް (ނޭވާހިއްލުން، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް) ހުރުން

އުމުރުން 1 އަހަރަށްވުރެ ހަނގުވުން 65 އަހަރަށްވުރެ ދޮށިވުން

ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވުން

ބަނޑުގައި ގޭސް މަދުކޮށްލާ ބާވަތުގެ ބޭސް (އޮމެޕްރަޒޯލް، ޕެންޓަޕްރަޒޯލް) ބޭނުންކުރުން

އާދަޔާ ޚިލާފަށް ގިނައިން ބަނގުރާ ބުއިން

ވަރަށް ފަހުން އަރިދަފުސް ރޯގާ ނުވަތަ މޫސުމީ އަރިދަފުސް ރޯގާ، އޫރު ރޯގާ ފަދަ ބައްޔެއް ޖެހިފައިވުން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް